ޢީސާ عليه السلام ގެ ރިސާލަތާއި ދެކޮޅުވެރިކަން ” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]
އެކަލޭގެފާނުގެ ދަޢުވަތާމެދު ޙާޚާމުން ތިބީ ވަރަށް ރުޅިގަދަވެފައެވެ. އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ އެމީހުންގެ މަކަރާއި ޙީލަތް ފާޅުވެ، އެމީހުންގެ މަޤާމާއި، އެމީހުންނަށް ހުރި ބިރެއްކަމުގައި ވެގެންދެއެވެ.
ފުރަތަމަ، ރޯމަނުންގެ އިސްތިއުމާރީން މިފަދަ ދީނީ ކަމެއްގެ ތެރެއަށް ވަނުމުގެ ވިސްނުމެއް ނެތެވެ. އެއީ މި ދެކޮޅުވެރިކަމުގެ ސަބަބުން ޔަހޫދީންނަށް އެމީހުންނަށް އިސްތިޢުމާރު ކުރެވިފައި ތިބިކަމާއިމެދު ސުވާލު ނުކުރާނެތީއެވެ.
އެހެންނަމަވެސް، ޙާޚާމުން ޢީސާ عليه السلام އާއި ދެކޮޅަށް ރޭވުންތައް ފެއްޓިއެވެ. އެމީހުން މަސައްކަތް ކުރީ އެކަލޭގެފާނު ބިރުގަންނަވާލައި، އެކަލޭގެފާނު ވަޑައިގެންނެވީ މޫސާ عليه السلام ގެ ޝަރީޢަތުން މީސްތަކުން ފުރެއްދުމަށްޓަކައިކަމަށް ސާބިތުކޮށްދިނުމަށެވެ. މޫސާގެފާނުގެ ޝަރީޢަތުގައި ޒިނޭކުރާ މީހާއަށް އޮންނަ އަދަބަކީ އޭނާ ރަޖަމު ކުރުމެވެ. ޒިނޭ ކޮށްފައިވާ ޔަހޫދީއެއް އެމީހުން ޢީސާ عليه السلام ގެ އަރިހަށް ގެނެސް އެކަލޭގެފާނު ކުރެން އެއްސެވިއެވެ. “ޒިނޭ ކޮށްފައިވާ މީހާއަށް ޝަރީޢަތުގައި ވަނީ ރަޖަމްކުރުން ނޫން ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ.” އެމީހުން ބުންޏެވެ. “މި އަންހެނާ އަކީ ޒިނޭކޮށްފައިވާ މީހެކެވެ.” ޢީސާ عليه السلام އެ އަންހެންމީހާ އާއި ދިމާއަށް ބައްލަވާލެއްވުމަށްފަހު ޙާޚާމުންނާއި ދިމާއަށް ބައްލަވައިލެއްވިއެވެ. އަދި އެމީހުންނަކީ އެ އަންހެނާއަށް ވުރެ ފަސާދަ ބޮޑު ބައެއްކަން އެކަލޭގެފާނު ދެނެވަޑައިގެންނެވިއެވެ. މޫސާ عليه السلام ގެ ޝަރީޢަތުގައި އޮންނަގޮތުން އޭނާ އަކީ ރަޖަމުކުރަން ޖެހިފައިވާ މީހެއްކަން އެމީހުން ވަނީ އިއްތިފާޤުވެފައެވެ. އަދި އެކަލޭގެފާނު މޫސާ عليه السلام ގެ ޝަރީޢަތަށް ޙުކުމް ކޮށްފިނަމަ، އެ ޙުކުމްކުރެވޭނީ އެކަލޭގެފާނުގެ ރަޙުމާއި ޙަމްދަރުދީގެ އުޞޫލުތަކާއި ޚިލާފަށްކަން އެމީހުންނަށް ވިސްނުނެވެ.
ޢީސާ عليه السلام އަށް އެމީހުންގެ މަކަރުވެރި ރޭވުން ވިސްނި ވަޑައިގަތެވެ. އެކަލޭގެފާނު އެކަމަށް އެއްބަސްވެ ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ތެރޭގައި ފާފަވެރިނޫން މީހެއްވާނަމަ އެމީހަކު އެ އަންހެނާ ރަޖަމުކުރާހުށިކަމެވެ.” އެކަލޭގެފާނުގެ އެ ބަސްފުޅު މިސްކިތްތެރޭގައި ހަރުލާފައި ހުއްޓެވެ. އެކަން ޒިނޭގެ އައު ޙައްދަކަށް ވެގެންދިޔައެވެ. ފާފަވެރި ނޫން މީހަކު ފާފައެއްގެ ޙައްދު ތަންފީޒު ކުރުމެވެ. އެކަމަށް އެކަށޭނަ މީހަކު އެތާނގަ ނެތެވެ. އެ ޙައްދު ތަންފީޒު ކުރެވޭ ފަދަ އެއްވެސް އިންސާނެއް ނެތެވެ. މާތް ﷲ އީ އެންމެ މޮޅަށް ޙުކުމް ކުރައްވާ ރަސްކަލާނގެ އެވެ.
ޢީސާ عليه السلام ދީނަށް ގޮވައިލެއްވުމުގައި އޯގާތެރި ކަމުގެ ނަމޫނާ ދެއްކެވިއެވެ. އަދި މީސްތަކުންނަށް އެކަކު އަނެކަކަށް އޯގާތެރިވުމަށް ދަސްކޮށްދެއްވިއެވެ.
=ނުނިމޭ=
ލިޔެ ޖަމާކުރީ:
އަަޙްމަދު ޙުސައިން
ޢަބްދުﷲ ނަސީފް
މައިގަނޑު މަޞްދަރު: البداية والنهاية لابن كثير