[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްޔިތާގެ ހަށިގަނޑު ފެޅުން

ބޭސްފަރުވާގެ ކަންކަން އުނގެނުމަށާއި އުނގަންނައިދިނުމަށް އަދި މިނޫންވެސް މިފަދަ އެހެނިހެން ބޭނުންތަކަށް، މަރުވެފައިވާ އިންސާނާގެ ހަށިގަނޑު ފެޅުމާ ބެހޭގޮތުން ފިޤްހު ކައުންސިލްތަކާ، ޢިލްމުވެރިންގެ ކޮމެޓީތަކުން ތަޙްޤީޤުތައްކޮށް ދިރާސާތައްކޮށްފައިވެއެވެ. އެހެނީ މި މައްސަލައަކީ އިސްލާމްދީނުގައި އައިސްފައިވާ ބޮޑު ދެ ޤަވާޢިދަކާ ގުޅިފައިވާ މައްސަލައެކެވެ. 1- ފުރަތަމަކަމަކީ، އިސްލާމީ ޝަރީޢަތުގައި މައްޔިތާއަށް ދީފައިވާ ޙުރުމަތެވެ. މައްޔިތުންނަށް ކަމޭހިތުމަށާއި ޙުރުމަތްތެރިކޮށް ހިތުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. 2- ދެވަނަ ކަމަކީ، ވަރަށް ގިނަ ޙާލަތްތަކުގައި، މައްޔިތާގެ ހަށިގަނޑު ފަޅަންޖެހޭ […]