ޒަކާތާބެހޭ ފިޤްހު (12): ޒަކާތް ދައްކާ މުދަލަށް ޙައުލު (އަހަރު) ހަމަވުމަކީ ކޮބާ؟

ޙައުލު (އަހަރު) ހަމަވުން ޒަކާތް ވާޖިބުވުމުގައި ޙައުލު ހަމަވުން ޝަރުޠުވެގެންވުން (ޒަކާތް ވާޖިބުވުމަށްޓަކައި) ޙައުލު ހަމަވުން ޝަރުޠުވެގެންވެއެވެ.([1]) އެއީ؛ ރަނާއި ރިއްސާއި، ނަޢަމްސޫފިންނާއި، ވިޔަފާރިމުދަލުގައެވެ. ދަލީލުތައް؛ ފުރަތަމައީ؛ އަޘަރުތަކުން (1) ޢަލީ رَضِيَ اللهُ عنه ގެ ކިބައިން ރިވާވެފައިވެއެވެ. ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ((لَيْسَ فِي الـمَالِ زكَاةٌ حَتَّى يَحُوْلَ عَلَيْهِ الحَوْلُ))([2]) މާނައީ: “މުދަލަށް ޙައުލު ހަމަވެއްޖައުމަށްދާންދެން އެ މުދަލަކުން ޒަކާތް (ދެއްކުމެއް) ނުވެއެވެ.” (2) އިބްނު ޢުމަރު رَضِيَ اللهُ عنهما ވިދާޅުވިއެވެ. […]
މޫސާގެފާނުގެ ވާހަކަ – 12

މިޞްރުން މަދްޔަނަށް