[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 12

  • މިޞްރުން މަދްޔަނަށް

 

އެކަމަކު މޫސާގެފާނު ދުރުވާނީ ކޮންތާކަށް ހެއްޔެވެ؟ މިސްރުގެ ހުރިހާ ތަނެއްގައި ހިނގަނީ ފިރުޢައުނުގެ ވެރިކަމެވެ. ކާޅުތަކުގެ ލޯ ފަދަ ތޫނު ލޯތަކެއް ފިރުޢަވުނުގެ ޢައުވާނުންނަށް ލިބިގެންވެ އެވެ. ހިނިތައް ހޮރުން ނިކުމެ އުޅޭ ފަދައިން އެ މީހުން ރަށުތެރޭގެ ކަންކަން ބަލަބަލައި ތިބެއެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާ މޫސާގެފާނަށް އިލްޙާމު ކޮށްދެއްވީ މަދްޔަނަށް ވަޑައިގަތުމަށެވެ. އެއީ ޢަރަބިން އުޅޭ ބިމެކެވެ. އެހިސާބަށް ފިރުޢަވްނުގެ ބާރެއް ނުފޯރައެވެ. އެއީ މޫސާގެފާނު ވަޑައިގަތުމަށް އެކަށީގެންވާ ބިމެކެވެ. ސަބަބަކީ ފިރުޢައުނުގެ ބާރު އޮތް ހިސާބުތަކާއި ދުރުގައި އޮތް އަމިއްލަ މިނިވަންކަމެއް ލިބިގެންވާ ރަށަކަށް ވާތީއެވެ. މަދަނީ ގޮތުން ކުރިއަރާފައި ވިޔަސް މިޞްރަކީ ބަނޫ އިސްރާއީލުގެ މީހުން އަޅުވެތިކުރާ އެމީހުން ނިކަމެތި ކުރާ ރަށެކެވެ. އެތާގައި ޙަޤީޤީ މިނިވަންކަމެއް ނެތެވެ.

މޫސާގެފާނު ޤަޞްދުކުރެއްވީ މަދްޔަނަށް ވަޑައިގަތުމަށެވެ. ފިރުޢައުނުގެ ސިފައިންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް އެކަލޭގެފާނު އިންތިޒާރުގައި ހުންނެވިއެވެ. އަނެއްކާ އެކަލޭގެފާނުގެ ފަހަތުން ފިރުޢަވްނުގެ މީހަކު ފާރަނުލާނެ ހެއްޔެވެ؟ އެކަލޭގެފާނު ދަތުރު ފެއްޓެވީ ﷲ ގެ ޙަޟްރަތުން ނަޞްރު އެދޭ ޙާލުގައެވެ.

(وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ)[1]

މާނަ: “އަދި އެކަލޭގެފާނު މަދުޔަނާ ދިމާއަށް ވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ. އަޅުގެ ރައްބެވެ! މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]     22        القصص