ކީރިތި ޤުރްއާނާމެދު ތަދައްބުރުކުރުމާއި އެ ފޮތް ކިޔެވުމުގެ 31 ފައިދާ (2)

(11) ޤުރްއާން ކިޔެވުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ))([1]) މާނައީ: “ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. އަދި އެ ފޮތްކިޔެވުމުގައި އުނދަގުލާއެކު ލަސްލަހުން ކިޔަވާމީހަކަށް ދެ ދަރުމަ ލިބިގެންވެއެވެ. (އެއީ؛ ކިޔެވުމުގެ ދަރުމައާއި، ކިޔެވުމުގައި އުނދަގޫ އުފުލާތީ ލިބޭ ދަރުމައެވެ.)” […]
ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 6

9- މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ މުޞީބާތްތަކުންނާއި ދަތިކަމުން ދުރުކޮށްދެނިވި ކަމެއް