9- މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ މުޞީބާތްތަކުންނާއި ދަތިކަމުން ދުރުކޮށްދެނިވި ކަމެއް
عن عَبْدِ اللهِ بْنِ عُمَرَ رَضِيَ اللَّه عَنْهُمَا قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللهِ عَلَيْهِ وَسَلَّمَ يَقُولُ : “انْطَلَقَ ثَلَاثَةُ رَهْطٍ مِمَّنْ كَانَ قَبْلَكُمْ، حَتَّى أَوَوا الْمَبِيتَ إِلَى غَارٍ فَدَخَلُوهُ، فَانْحَدَرَتْ صَخْرَةٌ مِنَ الْجَبَلِ فَسَدَّتْ عَلَيْهِمُ الْغَارَ، فَقَالُوا : إِنَّهُ لَا يُنْجِيكُمْ مِنْ هَذِهِ الصَّخْرَةِ إِلَّا أَنْ تَدْعُوا اللَّهَ بِصَالِحِ أَعْمَالِكُمْ. فَقَالَ رَجُلٌ مِنْهُمُ : اللَّهُمَّ كَانَ لِي أَبَوَانِ شَيْخَانِ كَبِيرَانِ، وَكُنْتُ لَا أَغْبِقُ قَبْلَهُمَا أَهْلًا وَلَا مَالًا، فَنَأَى بِي فِي طَلَبِ شَيْءٍ يَوْمًا فَلَمْ أُرِحْ عَلَيْهِمَا حَتَّى نَامَا، فَحَلَبْتُ لَهُمَا غَبُوقَهُمَا فَوَجَدْتُهُمَا نَائِمَيْنِ، وَكَرِهْتُ أَنْ أَغْبِقَ قَبْلَهُمَا أَهْلًا أَوْ مَالًا، فَلَبِثْتُ وَالْقَدَحُ عَلَى يَدَيَّ أَنْتَظِرُ اسْتِيقَاظَهُمَا حَتَّى بَرَقَ الْفَجْرُ، فَاسْتَيْقَظَا فَشَرِبَا غَبُوقَهُمَا، اللَّهُمَّ إِنْ كُنْتُ فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَفَرِّجْ عَنَّا مَا نَحْنُ فِيهِ مِنْ هَذِهِ الصَّخْرَةِ. فَانْفَرَجَتْ شَيْئًا لَا يَسْتَطِيعُونَ الْخُرُوجَ ” [1]
މާނައީ: މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަން އަޑު އެއްސެވީމެވެ.
“ތިޔަބައިމީހުންގެ ކުރީގެ އުއްމަތެއްގެ މީހުން ކުރެ ތިން މީހަކު އެއްދުވަހަކު ދަތުރަކު ނިކުތެވެ. ދަތުރުމަތީ އިރުއޮއްސި އަނދިރިވާން ފެށުމުން ނިދުމަށްޓަކައި ފަރުބަދައެއްގެ ހޮހަޅައަކަށް އެބައިމީހުން ވަނެވެ. އެހިނދު ފަރުބަދަ މަތިން ފުރޮޅިގެން އައި ވަރަށް ބޮޑު ހިލައެއް އެ ހޮހަޅައިގެ ދޮރު މައްޗަށް ވެއްޓި ހޮހޮޅައިގެ ދޮރު ބަންދު ވެއްޖެއެވެ.
ދެން ފަހެ އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ކުރެވިފައިވާ ޞާލިޙު ޢަމަލުތަކުން ﷲ ތަޢާލާއަށް ދުޢާކޮށްގެން މެނުވީ މި ހިލައިގެ ކިބައިން ސަލާމަތެއް ނުވާނޫއެވެ. އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ” އޭ ﷲ! އަޅުގެ މައިންބަފައިންނަކީ ވަރަށް މުސްކުޅި ބަލިކަށި ބައެކެވެ. އެ ދެ މީހުން ރޭގަނޑުގެ ކެއުން ކައިފުމަށް ދާންދެން މިއަޅާ އާއި މިއަޅާގެ އަހުލުންނާއި (އަނބިދަރީން) އަޅުންނާއި ޚާދިމުން ކައިބޮއެ ނަހަދައެވެ. އެއް ދުވަހަކު (މިއަޅާގެ ބަކަރިތައް ހުއިހެއްޕުމުގައި) މާދުރު ހިސާބަކަށް ދާން ޖެހުނެވެ. (އަދި މިއަޅާގެ މައިންބަފައިން ނިދުމުގެ ކުރިން އެދުވަހު ގެއަކަށް ނާދެވުނެވެ.) ފަހެ އެ ދެ މީހުންނަށް ރޭގަނޑަށް ބޭނުންވާ ކިރު މިއަޅާގެ ބަކަރިތަކުން ފެލީމެވެ. އަދި (އެ ދެ މީހުން ނިދާފައި ތިބުމުގެ ސަބަބުން އެ ދެ މީހުންނަށް ކިރު ނުބޮވުނީތީ) މިއަޅާ އާއި މިއަޅާގެ އަހުލުންނާއި (އަނބިދަރީން) ނުވަތަ އަޅުންނާއި ޚާދިމުން އެ ދެ މީހުންނަށް ވުރެ ކުރިން ރޭގަނޑުގެ ކެއުން ނުކައި ލަސްކުރީމެވެ. އަދި އެ ދެ މީހުންނަށް ތައްޔާރުކުރި ކިރުތަށި ތިމަންގެ ދެ އަތުން ހިފަހައްޓައިގެން އެ ދެ މީހުން ހޭލަފާނެކަމުގެ އިންތިޒާރުގައި އެ ދެ މީހުންގެ ގާތުގައި މިއަޅާ ހޭލާ ފަތިސް ވަންދެން ހުރީމެވެ. (އޭރު މިއަޅާގެ ދަރިންގެ ތެރެއިން ކުޑަދަރިފުޅު ބަނޑުހައިވެގެން ކިރުފޮދެއް ދިނުމަށް އެދި މިއަޅާގެ ފައި ދޮށަށް ވެއްޓި ރޮއި އާދޭސް ކުރަމުން ދިޔައެވެ.) ދެން ފަހެ އެ ދެ މީހުން (ފަތިސްވީފަހުން) ހޭލައި އެ ދެ މީހުންގެ ކިރުތަށި ބޮއެފިއެވެ. އޭ ﷲ! އަޅުގެ މިޢަމަލަކީ އިބައިލާހުގެ ވަޖުހުފުޅު އަދައިގެން މިއަޅާ ކޮށްފައިވާ ހެޔޮކަމެއް ކަމުގައި ވަނީނަމަ އަޅަމެންނަށް މި ދިމާވެފައިވާ މުޞީބާތުން ސަލާމަތްކޮށްދެއްވާނދޭވެ. ދެން ފަހެ ހިލަގަނޑު ކުޑަކޮށް އެއްފަރާތް ވެލިއެވެ. އެބައިމީހުންގެ ތެރެއިން އެކަކަށްވެސް ނިކުމެވޭ ވަރެއް ނުވިއެވެ.”
ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. [2] “މިޙަދީޘްއިން މައިންބަފައިންނަށް ކިޔަމަންވުމުގެ މާތްކަން އެނގިގެންދެއެވެ. އަދި އެއީ ދަތިއުނދަގޫތަކުންނާއި އަނދިރިކަމުން ދުރުކޮށްދެނިވި ޞާލިޙު ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.”
10- ގިނަގިނައިން ﷲ ` އަށް ތަސްބީޙަ ކިޔުން
ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿ فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴾ [3]
މާނައީ: “ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާންދެން އެ މަހުގެ ބަނޑު ތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.”
އަލްއިމާމު އައްޝާފިޢީ رحمه الله ވިދާޅުވިއެވެ.[4] “ވަބާގެ ޙާލަތުގައި ތަސްބީޙަކިޔުމަށް ވުރެ ފާއިދާ ބޮޑު ކަމެއް ތިމަން ދެކެވަޑައެއްނުގަންނަވަމެވެ.”
11- ފަތިސް ނަމާދު ޖަމާޢަތުގައި ކުރުން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ.
((عن جُنْدُبِ بْنِ عبْدِ اللَّهِ رضي الله عنه قَالَ: قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ، فَلَا يَطْلُبَنَّكُمُ اللهُ مِنْ ذِمَّتِهِ بِشَيْءٍ فَيُدْرِكَهُ فَيَكُبَّهُ فِي نَارِ جَهَنَّمَ”)) [5]
މާނައީ: “ޖުންދުބް ބުން عبدﷲްންމެންގެ މައްޗަށް ޢާންމުވެގެނެށް ޢާންމުވެގެނެވާ ކޯފާއެއް އައުމަކީ ދުރުގައިވާ ކަމެއްނޫނެވެ.)ޖޖުބޒބ, رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ފަތިސްނަމާދުކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގައެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން އެއްވެސް ވަރަކަށް ނިގުޅައި އިހުމާލު ނުވާށެވެ. ފަހެ އެއިލާހު، އެމީހަކު (އެބަހީ: އެކަން ނިގުޅައިގަން މީހަކު) ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
“مَنْ صَلَّى الصبحَ في جَماعةِ…” [6]
މާނައީ: “ފަތިސްނަމާދު ޖަމާޢަތުގަ ކޮށްފި މީހާއެވެ.”
އަލްއިމާމު އައްނަވަވީ رحمه الله ވިދާޅުވިއެވެ.[7] ”ބުނެވެއެވެ. الذّمَّةُ ގެ މާނައަކީ މިތާގައި ޖާމިނުވުމެވެ. އަދި ބުނެވެއެވެ. އެއީ އަމާންކަމެވެ.”
ތަރުޖަމާކުރީ:
މޫސާ އައްޔޫބު
ޢަބްދުލްމުޢިއްޒު ރަޝީދު
މުޙައްމަދު ޙައްސާނު ރަޝީދު
= ނުނިމޭ =
_________________
މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.
[1] رواه البخاري: (2272)
[2] شرح رياض الصالحين لابن عثيمين: (1/78)
[3] الصافات 143-144
[4] حلية الأولياء وطبقات الأصفياء لأبي نعيم: (9/136)
[5] رواه المسلم: 675
[6] مستخرج أبي عوانة: (1467), وانظر صحيح الترغيب ةالترهيب: (461)
[7] شرح مسلم: (5/158)