[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާންމަހަށްފަހުގައްޔާއި ޗުއްޓީތެރޭ ހެޔޮމަގުގައި ސާބިތުވުމާގުޅޭ 20 ފައިދާ (2)

(11) ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި: ޞާލިޙުންނާއި ހެޔޮކަމުގައި ސާބިތުވެތިބިމީހުންނާ އެކުވެއުޅުންވެއެވެ. ފަހެ، މިއީ ﷲގެ ޙަޟްރަތުން ލިބޭ ވާގިވެރިކަމަށްފަހު ހެޔޮކަމުގައި ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ ހެޔޮ ވާގިވެރިކަމެވެ. ﷲ ތަޢާލާގެ ތައުފީޤަށްފަހު، ރަމަޟާންމަހުގައި އެކަލާނގެއަށް ކިޔަމަންތެރިވުމަށާއި، ހެޔޮކަންކަން ކުރުމުގައި ސާބިތުވުމަށް ފަސޭހަވަނީ އެ މައްސަރުގެ ތެރޭގައި ކިޔަމަންތެރިން ގިނަވުމުގެ ސަބަބުންނެވެ. ބިރުވެރިކަމާއި އެކަނިވެރިކަމަށް ވެއްޓިގެންދަނީ ވަކިވެގަތުމުގެ ސަބަބުންނެވެ. މިނިކާކުއްތާ ޖަހައިގަންނާނީ ވަކިން އޮންނަ ކަންބަޅިއެކެވެ. (12) ޙަޤީޤަތުގައި އިންސާނާގެ ވަގުތަކީ އޭނާގެ ޢުމުރެވެ. އެއީ […]