ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް) -2
ޒަމްޒަމް ފެންވަޅު ކޮނުން ޙައްޖުވެރިންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން ހާޝިމް ބިން ޢަބްދުމަނާފާއި ހަވާލުކުރެވުނެވެ. ދެން އެކަލޭގެފާނަށް ފަހުގައި އެކަމާއި ހަވާލުވެ ވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޚެއްކަމުގައިވާ މުއްޠަލިބު ބިން ޢަބްދުމަނާފެވެ. މުއްޠަލިބަށްފަހުގައި ދެން އެކަމާއި ހަވާލުވެވަޑައިގެންނެވީ ހާޝިމް ބިން ޢަބްދުމަނާފްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބެވެ. ދެންފަހެ، ޢަބްދުލްމުއްޠަލިބު އެމަޤާމާއި ހަވާލުވުމަށްފަހުގައި، އެކަލޭގެފާނުގެ ކާބަފައިން ޤައުމުގެ ކަންކަމާއިގެން އުޅުއްވި ފަދައިން، އެކަލޭގެފާނުވެސް ޤައުމުގެ މަޞްލަހަތުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތްޕުޅުކުރައްވަމުން ގެންދެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި، މީގެކުރިން […]
ފޮތް: ސޫރަތުލް ޤަދްރިގެ ތަފްސީރު
الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ: މި ފޮތަކީ؛ އައްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ގެ ޤަދްރި ސޫރަތުގެ ތަފްސީރެވެ. وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. ފޮތުގެ ނަން: ސޫރަތުލް ޤަދްރިގެ ތަފްސީރު ތަރުޖަމާކުރީ: އައްޝައިޚް މުޙައްމަދު ޝާފިޢު ޞަފްޙާގެ ޢަދަދު: […]
އަވަށްޓެރިންގެ ޙައްޤުތައް (3)
އަވަށްޓެރިންގެ މިންގަނޑު: އަވަށްޓެރިންގެ މިންގަނޑާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުއްޓެވެ. އޭގެތެރެއިން ބައެއް ރައުޔުތަކަކީ([1]): 1) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ސާޅީސްގޭގެ ދުރުމިނެވެ. މިގޮތަށް عَائِشَةُގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަދި الزُهُرِي އާއި الأَوْزَاعِي ގެ ބަހަކީވެސްމިއެވެ. اِبْن حَجَر ވިދާޅުވެފައިވެއެވެ. ”اِبْن وَهَبގެ އަރިހުން يُوْنُسގެ އަރިހުން اِبْن شِهَاب ރިވާކުރެއްވިއެވެ: ކަނާތްފަރާތުންނާއި، ވާތްފަރާތުންނާއި، ކުރިމަތިންނާއި، ފަހަތުން ސާޅީސްގެއެވެ.“([2]) 2) އޭނަގެ ގެއިން ފެށިގެން ކޮންމެ ދިމާލަކުން ދިހަގޭގެ ދުރުމިނެވެ. 3) ބަންޤީގެ އަޑު […]