ނަމާދުގެ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތައް (2)
ނަމާދުގެ ވާޖިބުތައް : ނަމާދުގެ ވާޖިބުތައް އަށެކެވެ. ފުރަތަމައީ : ޙަރަމް ބަން ތަކުބިރު ފިޔަވައި އެހެން ހުރިހާ ތަކުބިރުތަކެއް ވަނީ ނަމާދުގެ ވާޖިބުތަކުގެ ތެރެއިންނެވެ. ދެވަނައީ : التَسْمِيْعُ އެވެ. އެއީ އިމާމްމިހާ އާއި އެކަނި ނަމާދުކުރާމީހާ ރުކޫޢުން ތެދުވަމުން ((سَمِعَ اللَّهُ لِمَنْ حَمِدَهُ)) ކިޔުމެވެ. މައުމޫމުމީހާ މިފަދައިން ކިޔުމެއް ނުވެއެވެ. ތިންވަނައީ : التَّحْمِيْدُ އެވެ. އެއީ އިމާމްމިހާ އާއި މައުމޫމުމީހާ އާއި އެކަނި ނަމާދުކުރާމީހާ ((رَبَّنَا وَلَكَ الْحَمْدُ)) ކިޔުމެވެ. ނަބިއްޔާ…