[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ކުށުސަޖިދައާގުޅޭ 35 ފައިދާ

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

މި ފޮތަކީ؛ ނަމާދުގައި ކުށުސަޖިދަޖެހުމާގުޅޭ ފައިދާތަކުގެ ތެރޭގައި ހިމެނޭ 35 ފައިދާގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޖަމާކުރައްވާފައިވާ “35  فَائِدَةً فِيْ سُجُوْدِ السَهْوِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކި ސުވާލުތައް ތަފާތު އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސްޕަވައިޒަރެވެ.

މި ފޮތުގައި ވަރަށް ކުރުކުރުކޮށް އަލިއަޅުވާލެވިފައިވާ މައުޟޫޢަކީ ކުށުސަޖިދައާގުޅޭ ބައެއް ފިޤްހީ ޙުކުމްތަކެވެ. މި މައްސަލަ ރަނގަޅަށް އެނގުމަށްޓަކައި ނަމާދުގެ ޝަރުޠުތަކާއި، ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތައް ދެނެގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. މިކަންކަން ނަމާދާގުޅޭ ފޮތްތަކުގައި ބަޔާންވެގެންވާނެއެވެ. މި ފޮތުގައިވާ ފައިދާތަކުގެ ސަބަބުން:

  • ކުށުސަޖިދަޖެހުމާގުޅޭ ތަފާތު އެކި ސުވާލުތަކުގެ ޖަވާބުތައް ލިބިގެންދާނެއެވެ.
  • ނަމާދުގައި ހަނދާންނެތިގެން ކަމެއް އިތުރުވާ ޙާލަތްތަކުގައްޔާއި، ނުވަތަ ކަމެއް އުނިވާ ޙާލަތްތަކުގައްޔާއި، ނުވަތަ ޝައްކުވާ ޙާލަތްތަކުގައި ކަންކަން ކުރާނެގޮތް އެނގިގެންދާނެއެވެ.
  • ކުރެވޭ ކުށެއްގެ ސަބަބުން ނަމާދު އަލުންނުކޮށް، ދެން ޢަމަލުކުރާނެ ގޮތްތަކާއި، ނަމާދު އަލުން ކުރަންޖެހޭ ޙާލަތްތައް އެނގިގެންދާނެއެވެ.

ދުޢާއަކީ؛ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ފޮތުގެ މަންފާ ފޯރުކޮށްދެއްވުމެވެ. އަދި މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ. آمين!

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

ފޮތުގެ ނަން:  ކުށުސަޖިދައާގުޅޭ 35 ފައިދާ

ތަރުޖަމާކުރީ:  އައްޝައިޚް މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 29 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 406 KB

ފޮތް ޑައުންލޯޑުކުރައްވާ