އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ ގެ ނަންފުޅަކީ އަބޫ ޖަޢުފަރު އަޙްމަދު ބިން މުޙައްމަދު ބިން ސަލާމާ ބިން ސަލްމަތު ބިން ޢަބްދުލްމަލިކު ބިން ސަލަމަތު ބިން ސަލީމް ބިން ސުލައިމާން ބިން ޖަވާބުލްއަޒްދީ އައްޠަޙާވީއެވެ.
ކައިވެނި (2 ވަނަ ބައި)

އިސްލާމްދީނަކީ މީސްތަކުންގެ ދުނިޔެވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރިކޮށް ދެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެންމެހާ މީސްތަކުންނަށްޓަކައި ބާވާލެއްވުނު ހިދާޔަތުގެ ތެދުމަގެވެ.
ޙަޔާތުގައި ހިނގާކަންކަމަށް ތަރިތަކުގެ ބާރު ފޯރާކަމަށް އިޢުތިޤާދު ކުރުމުގެ ޝިރުކު

ނޫސްތަކުގައި ހުންނަ ހޮރޮސްކޯޕް ކޮލަމްތައް ލިޔެފައި ހުންނަނީ ތަރިތަކުގެ ހަރަކާތްތަށް ބަލައިގެން އެއަށް އީމާންވާ މީހުންނެވެ. ދިވެހިރާއްޖޭގައި ނެރޭ މެގަޒިންތަކުންވެސް ހޮރޮސްކޯޕު
ކިތާބުއްތައުޙީދުގެ މުއައްލިފުގެ ކުޑަ ތަޢާރަފެއް.

އެކަލޭގެފާނަކީ، އަލްއިމާމް، އަލްޢައްލާމަތުއްރައްބާނީ، މުޙައްމަދު ބިން ޢަބްދިލްވައްހާބް ބިން ސުލައިމާން ބިން ޢަލީ ބިން މުޙައްމަދު ބިން އަޙްމަދު ބިން ރާޝިދު އައްތަމީމީއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 1115ވަނަ އަހަރު ނަޖުދުކަރައިގެ ރަށެއްކަމުގައިވާ ޢުޔައިނާގައެވެ. ބާލިޣުވުމުގެ ކުރިން ޤުރުއާން ދަސްކުރެއްވިއެވެ. އެކަލޭގެފާނަކީ ކުޑައިރުވެސް ވިސްނުންތޫނު، ފަސޭހައިން އެއްޗިހިވިސްނިވަޑައިގަންނަވާ ބޭކަލެކެވެ. ބައްޕައާއި އެރަށުގެ އެހެން ޢިލްމުވެރިންގެ އަރިހުން ޢިލްމު އުގެނިވަޑައިގަތުމަށްފަހު، އިތުރަށް އުނގެނިވަޑައިގަތުމަށްޓަކައި ދަތުރުފެއްޓެވިއެވެ. މިގޮތުން ބަޞަރާއާއި ޙިޖާޒަށް ވަރަށް ގިނައިން ވަޑައިގަތެވެ. އަދި އަޙްސާއާއި އެހެން ރަށްތަކަށްވެސް ވަޑައިގަތެވެ. […]
ކައިވެނި (1 ވަނަ ބައި)

ނަތީޖާއެއްގެގޮތުން އިންސާނާއަށް މަޖުބޫރުވެފައިވަނީ، އެއިގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކާއެކު އުޅުމަށެވެ. މިފަދައިން އެއްކޮށްއުޅުމުގައި އެއެންމެންގެ މަޞްލަޙަތަށާއި އަމަންއަމާންކަމަށްޓަކައި ފުރިހަމަ ޤާނޫނެއް އެބައިމީހުންގެ މެދުގައި އޮތުމަށް މަޖުބޫރުކުރެއެވެ.
ސުންނަތް އަޅުކަންތަކާއި މެދު ސަމާލުވުމުގެ މުހިންމުކަން

بسم الله، الحمد لله والصلاة والسلام على من لا نبي بعده، أما بعد: އިމާމު އައްޝާޠުބީرحمه اللهވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “މަންދޫބު (މުސްތަޙައްބު) އަޅުކަންތަކަކީ ވާޖިބު އަޅުކަންތަކަށް އެހީތެރިވެދޭ އެއްޗެކެވެ.” އަޅުގަނޑުމެންނަށް ބައެއް ފަހަރު ބައެއް ސުންނަތް އަޅުކަންތަކަށް ސަމާލުކަން ނުދެވޭ ފަހަރުފަހަރު އާދެއެވެ. އެގޭތެރެއިން މިސާލަކަށް، ނަމާދުގެ ރަވާތިބު ސުންނަތްތައް، ވިތުރި، ދަމު ނަމާދު، ޞަދަޤާތް، ޢަރަފާތް ދުވަހު ރޯދަ، ޢާޝޫރާ ރޯދަ، ހޯމަ ބުރާސްފަތި ސުންނަތް ރޯދަ، އައްޔާމުލް ބީޟު ސުންނަތް […]