ތިބާގެ ދީން – ދަލާއިލުއް ތައުޙީދި 2

5- ތިބާގެ ދީނަކީ ކޮބާ؟ ޖަވާބު: އަހަރެންގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްކަމުގެ މާނައަކީ އެއްކައުވަންތަﷲ އަށް ބޯލަނބައި ކިޔަމަން ގަތުމާއި އެއިލާހުގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތީން ޢަމަލުތައް ބެހެއްޓުމެވެ. އަދި ޝިރުކާއި، އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަ ވުމެވެ. މިކަމުގެ ދަލީލަކީ މާތް ﷲ ގެ މިއާޔަތެވެ. “إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ” آل عمران: ١٩ މާނައީ: “ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި، ދީނަކީ އިސްލާމްއެވެ. (އިސްލާމްދީނެވެ.)”. އަދި އެހެން ދަލީލެއްގައިވެއެވެ. “وَمَنْ يَبْتَغِ غَيْرَ […]
އުއްމަތުގައި އިޚްތިލާފުތައް އުފެދުން.

ޚިލާފުވުމަކީ މިކައުނުގައި އިންސާނީ ޠަބީޢަތުގައި މާތްﷲ ލައްވާފައިވާ ކެމެކެވެ. މިކަމަށް އިޝާރާތްކުރައްވާ މާތްﷲ ވަޙީ ކުރައްވަނީ. وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ﴿١١٨﴾ سورة هود މާނައީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. “ ޚިލާފުވުމަށް ބަލާއިރު އާދަމުގެފާނުންގެ ދަރިކަލުން ކަމުގައިވާ ޤާބީލު އާއި ހާބީލު އާ ދެމީހުންގެ މެދުގައި ޚިލާފު […]
ކުފުރުގެ އަޞްލުތައް

ކިބުރުވެރިކަން، އިންސާނާ ބޯލަނބައި ކިޔަމަންގަތުމުން ދުރުކޮށްލައެވެ. ޙަސަދަވެރިކަން، ނަޞޭޙަތް ޤަބޫލުކުރުމާއި، ނަޞޭޙަތްދިނުމުން އޭނާ ދުރުކޮށްލައެވެ. ރުޅިވެރިކަން، އޭނާ ޢަދުލުވެރިކަމުން ދުރުކޮށްލައެވެ. އަދި ނަފްސުގެ އެދުންތައް، އޭނާ ﷲއަށް އަޅުކަންކުރުމުން ދުރުކޮށްލައެވެ.
މަދީނާގެ މާތްކަން 3

މާތްވެގެންވާ ބަރަކާތްލެއްވިގެންވާ މަދީނާގެ މާތްކަމުގެ ތެރޭގައި ރަސޫލާ صلى الله عليه و سلم މި ރަށަށް ޠައިބާ ( طَيْبَةٌ ) އޭ ނަންދެއްވުން ހިމެނެއެވެ. އަދި ޠާބާ ( طَابَةٌ ) ގެ ނަންވެސް ދެއްވިއެވެ.