الإيمان ( އީމާންކަން ) – 4

ފޮތްތަކަށް އީމާންވުން ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟ ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ބާވައިލެއްވުނު އެންމެހާ ފޮތްތަަކަކީ ﷲ ތަޢާލާގެ ހަޟްރަތުން އެއިލާހުގެ އަޅުތަކުންނަށް، ބަޔާންވެގެންވާ ޙައްޤާއި ހިދާޔަތާއިގެން . ބާވައިލެއްވުނު ފޮތްތަކެއް ކަމަށް ހިތުގެ އަޑިން ތެދުކޮށް ކަށަވަރުކުރުމެވެ. އަދި އެއީ ﷲ ތަޢާލާގެ ކަލާމްފުޅު ކަމާއި، އެއިލާހުފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ބަހެއްނޫންކަމަށް ތެދުކޮށް ކަށަވަރު ކުރުމެވެ. ފޮތްތަކަށް އީމާންވުމުގެ ތެރޭގައި އެކުލެވިގެންވާ ކަންތައްތައް: 1 – އެއީ ﷲ […]
ޢަރަފާތްދުވަހުގެ މަޒިއްޔާތަކުގެ ތެރެއިން

އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޞަޙީހް މުސްލިމް) ” ފާއިތުވި އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެ ދެއެވެ.”
އޭ ލޮބުވެތި އުޚުތާއެވެ!

މިމަޒުމޫނު ކިޔަމުންދާ ވަގުތާހަމައަށް ތިބާ ހެޔޮޙާލުގައިވާކަމަށް އުއްމީދުކުރަމެވެ. އެހެންކަމަށް ނުވާނަމަ ތިބާއަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުމަށް އެދި ﷲ ދަންނަވަމެވެ. އަދި ތިބާއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާ ދެއްވާފައިވާ ގޮތަށް ދުނިޔޭގެ ދިރިއުޅުން ބައްޓަންކުރުމަށް މަސައްކަތްކުރާ މީހެއްކަމުގައި އުއްމީދުކުރަމެވެ. އެހެންކަމުގައި ނުވާނަމަ ތިބާއަށް ހިދާޔަތް ދައްކަވައި ދެއްވުމަށް ﷲ އަށް ދަންނަވަމެވެ. އަޅުގަނޑުގެ އެންމެހާ ލޮބުވެތި އުޚުތުންނަށް މިކުރު ބަސްކޮޅުން ފައިދާކޮށްދެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ […]