الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
1.އެއްދުވަހަކު ޔަހޫދީންގެ މީހަކު ޢުމަރު ރަޟިޔަﷲޢަންހަށް ބުންޏެވެ. އޭ އަމީރުލްމުއުމިނީންއެވެ. އަޅުގަނޑުމެންނަށް ބާވައިލެއްވުނު ނަމަ، އެއާޔަތް ބާވައިލެއްވުނު ދުވަސް އަޅުގަނޑުމެން ޢީދެއްގެ ގޮތުގައި ފާހަނގަކުރާނޭފަދަ ޢާޔަތެއް މުސްލިމުން އެބައިމީހުންގެ ފޮތުން ކިޔަވަމުންދެއެވެ. ޢުމަރު ރަޟިޔަﷲޢަންހު ދެންނެވިއެވެ. އެއީ ކޮން އާޔަތެއްހެއްޔެވެ؟ އޭނާ ޖަވާބުގައި، الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا (سورة المائدة :3) ” މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް، ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވަވައިފީމެވެ. އަދި އިސްލާމްދީން، ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން އިލާހު ރުހިވޮޑިގެންފީމެވެ.” މި އާޔަތް ކިޔެވިއެވެ. އެހިނދު ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ﷲގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ތި އާޔަތް ބާވައިލެއްވުނު ދުވަހާއި ތަންވެސް އަހަރެމެންނަށް އެނގެއެވެ. އެއީ ހުކުރުދުވަހެއްގައި އެކަލޭގެފާނު ޢަރަފާތުގައި ހުންނަވަނިކޮށެވެ. (ޞަޙީހުލް ބުޚާރީ ވަ ޞަޙީހު މުސްލިމް)

2.ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ عَزَّ وَجَلَّ فِيْهِ عَبْداً مِنْ النَّارِ ، مِنْ يَوْمِ عَرَفَةَ….( ޞަޙީހު މުސްލިމު) “ޢަރަފާތްދުވަހަށް ވުރެ ގިނައިން ﷲތަޢާލާ، އަޅުތަކުން ނަރަކައިން މިންޖުކުރައްވަވާ ދުވަހެއްނުވެއެވެ.”
3.ޢަބްދުއްރަޙްމާން ބިން ޔަޢްމަރު ރަޟިޔަﷲއަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. الحَجُّ عَرَفَةُ (ސުނަން ތިރްމިޒީ) “ޙައްޖަކީ ޢަރަފާތެވެ.” (މާނައަކީ ޢަރަފާތްދުވަސް ނުލިބޭ މީހަކަށް ޙައްޖެއް ނުވެއެވެ.)
4.އަބޫ ޤަތާދާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޞަޙީހް މުސްލިމް) ” ފާއިތުވި އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެ ދެއެވެ.”
_______________________________________________
ސަމާލުކަމަށް: މިއަހަރު(1432.)ގެ ޢަރަފާތް ދުވަހަކީ 5 ނޮވެމްބަރު 2011ވާ ހޮނިހިރު ދުވަހެވެ. ވީމާ ޢަރަފާތްދުވަހު ރޯދަ ހިއްޕެވުމަށް ސަމާލުކަން ދެއްވަވާށެވެ. އަދި އެހެން އަޚުންނާއި އުޚްތުންނަށްވެސް މި ފުރުސަތު ނަންގަވާނުލެއްވެވުމަށް ނަޞޭޙަތްތެރިވެލައްވަވާށެވެ.