ޑިމޮކްރަސީ

ޑިމޮކްރަސީ (democracy) މިބަސް ނެގިފައިވަނީ ގުރީކް ބަހެއްކަމުގައިވާ “demos” މާނައީ “މީހުން” އަދި “cratus” މާނައީ “ވެރިކަންކުރުން” މިބަހުންނެވެ. މިއީ ވެރިކަމުގެ ނިޒާމެކެވެ. މިނިޒާމު ހިނގާ ގޮތަކީ އެބައެއްގެ ތެރެއިން ބަޔަކު އެބައިމީހުންގެ ރެޕްރެސެންޓެޓިވްސްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހަށް ހޮވައި، އެ ހޮވޭމީހުން، އެބައިމީހުންނަށް ގަވައިދާ ޤާނޫނުތައް އެންމެ ގިނަމީހުން ބޭނުންވާ ގޮތައް ހެދުމަށް ހަވާލުކުރަނީއެވެ. އަބްދުލް ވައްހާބު އަލް ޚިލާލީ ވިދާޅުވެފައިވެއެވެ. “ހުރިހާ (ތަނެއްގައި އޮންނަ) ދީމުޤްރާތީ ނިޒާމެއްވެސް ބިނާވެފައިވަނީ އެއް ideology އެއް […]
ޞަޙާބީންގެ މަތިވެރިކަން

ހަމަކަށަވަރުން އެކަލޭގެފާނުގެ ޞަޙާބީން ވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަމަކައިގެން ވަޑައިގެންނެވި ކަންތައްތައް އެކަލޭގެފާނުގެ ކިބައިން ލިބިވަޑައިގެން، އެކަންތައްތައް މީސްތަކުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަޔާންކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރި ޞަޙާބީންގެ ގޮތުގައިވުމާއި، އެކަލޭގެފާނާއެކު ﷲ ގެ މަގުގައި ޖިހާދު ކުރެއްވުމާއި، އަދި އިސްލާމްދީން ފެތުރުއްވުމަށްޓަކައި އެ ބޭކަލުން ކުރެއްވި މަތިވެރި މަސައްކަތްޕުޅަށް ގިނަގުނަވެގެންވާ ޘަވާބާއި އަޖުރު އެ ބޭކަލުންނަށް ލިބިގެންވެއެވެ. ހަމައެފަދައިން އެ ބޭކަލުންގެ […]
ތަވްޙީދު ފިލާވަޅު 6 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

މި އާޔަތުގައި ތަފްޞީލު ކުރެވިފައި މިވަނީ ތަވްޙީދްގެ ކަލިމައެވެ. އެހެނީ ތަވްޙީދު ފުރިހަމަވެގެންދަނީ އޭގައި ދެރުކުން ހިމެނިގެންނެވެ. އެއީ ﷲފިޔަވައި އަޅުކަންވެވޭ ހުރިހާ ޠާޣޫތުންނަށް ކާފަރުވުމާއި، ﷲއަށް އަޅުކަންތައް ޚާލިޞްކުރުމެވެ.