ކައިވެނީގެ ފުރަތަމަ ރޭގެ އަދަބުތައް -1-

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ޚަލްޤުކުރައްވައި އެބައިމީހުން އެއްގަމާއި ކަނޑުގައި އުފުއްލަވާ މަތިވެރި ކުރެއްވިއެވެ. އަދި އެބައިމީހުންނަށް ހެޔޮތަކެތިން ރިޒްޤުދެއްވައި އެއިލާހު ޚަލްޤުކުރައްވާފައިވާ ގިނަތަކެތީގެ މައްޗަށް މަތިވެރިކުރެއްވިއެވެ. ކަރާމާތްތެރިކަން ލިބިގެންވާ އިންސާނުންގެ ނަސްލު ރައްކާތެރިކުރެއްވުމުގެ ގޮތުން ޒިނޭއާއި އެހެނިހެންވެސް ފާޙިޝް ޢަމަލުތައް ޙާރާމްކުރައްވައި، އިންސާނާގެ ޝަހުވަތުގެ އެދުންވެރިކަން ހެޔޮގޮތުގައި ފުއްދުމަށްޓަކައި ކައިވެނި ޝަރުޢުކުރެއްވިއެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً […]
شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ ގެ ހަޤީޤަތަކީ ކޮބާ؟ – 6

شَهَادَةُ أَنَّ مُحَمَّدًا رَسُولُ اللهِ (މުޙައްމަދު ގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުން ) މި ކަލިމައިގެ ހަޤީޤަތްތަކުގެ ތެރޭގައި ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމާއި ، އެކަލޭގެފާނަށް ނަސްރުދިނުމާއި ، އެކަލޭގެފާނާއި ގުޅުން ބޭއްވުމާއި އަދި އެކަލޭގެފާނު މަތިވެރިކުރުން ހިމެނެއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި ، އެކަލޭގެފާނަށް ނަސްރު ދިނުމަކީ ، އެކަލޭގެފާނުގެ ސުންނަތަށް ނަސްރުދިނުމެވެ. އެ ސުންނަތް ދިރުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމުގެ ދަލީލަކީ އެކަލޭގެފާނު ޞައްލަﷲ […]
ޝަރުޢީ ޙިޖާބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް

އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއްޝިޢާރަކީ އެދީނަށް ހެޔޮގޮތުގައި ތަބާވާމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އެބައިމީހުންނަކީ އިސްލާމްދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެއުޅޭ ބައެއްނޫނެވެ. އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބުނާކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ.
ނަބަވީ އިރުޝާދުތަކުގެ ތެރެއިން 8

އަބޫ ހުރައިރާ رضي الله عنه ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެވިއެވެ. “ތިބާ ނަމާދަށް ތެދުވެއްޖެކަމުގައިވާނަމަ ވުޟޫ ފުރިހަމަކުރާށެވެ. އަދި ޤިބުލަޔަށް ކުރިމަތިލާށެވެ. ދެން ﷲ އަކްބަރު ކިޔާ ހަރަމް ބަންނާށެވެ.