ސިޔަރަތު ފިލާވަޅު 8
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢާއިލާއާއި އެކަލޭގެފާނުގެ ތިމާގެބޭފުޅުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ލިބިވަޑައިގެންނެވި ދަރިކަލުންތަކާއި ދަރިކަނބަލުންތައް: އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަޔަށް ﷲ ތަޢާލާ 3 ދަރިކަލުންނާއި 4 ދަރިކަނބަލުން ދެއްވިއެވެ. ދަރިކަލުންތައް: 1- އަލްޤާސިމް (القاسم): އެކަލޭގެފާނަށް ކުންޔާއެއްގެ ގޮތުގައި ބޭނުންކުރެވެމުން އައީ މި ދަރިކަލުންގެ ނަންފުޅެވެ. އަލްޤާސިމް އުފަންވެވަޑައިގަތީ ރަސޫލުކަން ލިބިވަޑައިގަތުމުގެ ކުރިން މައްކާގައެވެ. އަދި އެކަލޭގެފާނު ތުއްޕުޅުއިރު އުމުރުފުޅުން އެންމެ 2 އަހަރުފުޅުގައި އަވަހާރަވިއެވެ. 2- ޢަބްދުﷲ…