ޢީދުމީލާދުގެ ޙަޤީޤަތް 3
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ބިދުޢައިގެ ސަބަބުން މިކަމުގެ ތެރޭގައި އެހެން ބިދުޢަތައް އުފެދުމަށްވެސް މަގު ހުޅުވިގެން ދެއެވެ. އަދި އެބައިމީހުން ސުންނަތުން އެއްކިބާވެގެން ދެއެވެ. ބިދުޢަވެރިން ބިދުޢައެއް ހެދުމަށް ވަރަށް ހީވާގިވާނެއެވެ. ނަމަވެސް އެބައިމީހުންގެ ގާތަށް ސުންނަތެއް އަތުވެއްޖެނަމަ އެކަމެއް ކުރުން އެބައިމީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެމީހުން ސުންނަތަށް ނަފްރަތުކުރާނެއެވެ. އަދި އެކަން ކުރާ މީހުންނަކީ އަދުއްވުންތަކެއް ކަމުގައި ދެކޭނެއެވެ. މިބައިމީހުން ވަނީ ތަފާތު އެތަކެއް ބައިތަކަކަށް ބެހިފައެވެ. މީގެން…