ސިޔަރަތު ފިލާވަޅު 9
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނބަލުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަ ބޭކަނބަލުންތަކަކާއި ކައިވެނިބެއްލެވިއެވެ. އެ ބޭކަނބަލުންތަކަކީ ލޮބުވެތި މާތް ނަބިއްޔާގެ އަނބިއަނބިކަނބަލުންނަށް ވުމަށް ﷲ ތަޢާލާ ޚިޔާރުކުރައްވާފައިވާ ޠާހިރު ބޭކަނބަލުންތަކެކެވެ. އަދި އެކަލޭގެފާނު ކުރެއްވި ކޮންމެ ކައިވެނިފުޅަކީ ﷲ ތަޢާލާގެ ވަޙީއިން އެކަން ކުރުމަށް އަމުރުކުރެއްވުމުން އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނިފުޅުތަކެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَالطَّيِّبَاتُ لِلطَّيِّبِينَ وَالطَّيِّبُونَ لِلطَّيِّبَاتِ ) މާނައީ: ” ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު […]
ޤަޟާ – ދަލާއިލުއް ތައުޙީދި 29
45- ޤަޟާއާއި ޤަދަރުގެ ފަރަޤަކީ ކޮބާ؟ ޖަވާބު: އަލްޤަދަރު މިބަސްނެގިފައިވަނީ ޤަދްރު މިމަޞްދަރުންނެވެ. އޭގެފަހުގައި މިންވަރު ބަޔާންކުރުމަށާއި ތަފްޞީލްކުރުމަށާއި ބަޔާންކުރުމުގެ މާނާގައި މިލަފްޒު ބޭނުންކުރެވުނެވެ. އެއަށްފަހުގައި މިލަފްޒު ގިނައިން ބޭނުންކުރެވުނީ ކާއިނާތުގައިވާ ތަކެއްޗާއި ކަންކަން ވުޖޫދުކުރެއްވުމުގެ ކުރީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެތަކެތި ޤަދަރުކުރެއްވުމުގެ މާނައިގައެވެ. ޤަޟާ ބޭނުންކުރެވެނީ ކައުނީ ޙުކުމްތަކަށެވެ. އެއީ ޤަދަރުގައިވާ ކަންތައްތަކަށެވެ. މި މުރާދުކުރަނީ ފުރަތަމަ ލިޔުއްވުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލިޔުއްވި ލިޔުއްވުމަށެވެ. އަދި ހަމަ އެއާއެކު މި ލަފްޒު ތަފްޞީލްކުރުމާއި […]
އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (2)
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު: އެކަލޭގެފާނުގެ ނަންފުޅަކީ މުޙައްމަދު ބިން ޢަބްދިﷲ އެވެ. އެއީ، މުޙައްމަދު، ބިން ޢަބްދިﷲ، ބިން ޢަބްދުލްމުއްޠަލިބު(ނަމަކީ ޝައިބާ)، ބިން ހާޝިމް(ނަމަކީ ޢަމްރު)، ބިން ޢަބްދުމަނާފު(ނަމަކީ އަލްމުޣީރާ)، ބިން ޤުޞައްޔު(ނަމަކީ ޒައިދު)، ބިން ކިލާބު، ބިން މުއްރާ، ބިން ކަޢުބު، ބިން ލުއައްޔު، ބިން ޣާލިބު، ބިން ފިހްރު(އަލްޤުރައިޝްގެ ލަޤަބުން ލަޤަބުދެވިފާވަނީ މި ފިހްރަށެވެ. އަދި އެޔަށްފަހު އެޤަބީލާއަށްވެސް އެލަޤަބުން ނަންދެވުނެވެ.)، ބިން މާލިކު، ބިން އައްނަޟްރު(ނަމަކީ ޤައިސް)، ބިން ކިނާނާ، […]
އުންމަތުގެ އާންމުންނަށް މުހިއްމު ދަރުސްތައް (ސަތާރަވަނަ ދަރުސް)
ސަތާރަވަނަ ދަރުސް (ޝިރުކާއި ފާފައިގެ ވައްތަރުތަކުން އިންޒާރުދިނުން)