އަވަށްޓެރިންގެ ޙައްޤުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ހަމަޖެހޭ އުފާވެރި މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް ރައްކާތެރިވެގެންނެވެ. އެގޮތުން އަވަށްޓެރިންގެ ޙައްޤުތައް އަދާކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށްޓަކާ ވަރަށް މުހިންމު ކަމެކެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އަވަށްޓެރިންގެ ޙައްޤުތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެވިފައިވެއެވެ. “އަވަށްޓެރިންގެ ޙައްޤުތަކަކީ ހަމައެކަނި އެމީހުންނަށް ގޯނާކުރުމުން ދުރުހެލިވުމެއްނޫނެވެ. އެމީހުންގެ ފަރާތުން […]
ނަބަވީ އިރުޝާދުތަކުގެ ތެރެއިން 11

ޢުމްރާއަކީ ދެޢުމްރާއެއްގެ ދެމެދުގައިކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެފިޔަވާ އެހެންތަނެއް ނުވެއެވެ.
ޢަޤީދާގެ ފިލާވަޅު 14 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

އެއިލާހީ (އެއިލާހުގެ ޚަލްޤުކުރެއްވި ތަކެއްޗަށް) ޙާޖަތަށްޖެހިވޮޑިގެންނުވާ ޚާލިޤުވަންތަ އިލާހެވެ. އެއިލާހީ އެއްވެސް އުނދަގޫކަމެއްނެތި (އެޚަލްޤުތަކަށް ރިޒްޤުދެއްވާ) ރާޒިޤުވަންތަ އިލާހެވެ.