عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ: أَنَّ رَسُوْلَ الله صَلَّى الله عَلَيْهِ وَسَلَّمَ قَالَ : ((العُمْرَةُ إِلَى العُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا، وَ الحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّةُ )) ( متفق عليه )
ޙަދީޘްގެ މާނަ:
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަމަކަށްވަރުން ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޢުމްރާއަކީ ދެޢުމްރާއެއްގެ ދެމެދުގައިކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެފިޔަވާ އެހެންޖަޒާއެއް ނުވެއެވެ.”
މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އާއި މުސްލިމެވެ.
މިޙަދީޘުންލިބޭ ބައެއް ފައިދާ:
* ޙައްޖާއި ޢުމްރާގެ ހުރި ދަރުމަޔާއި ޘަވާބު ދޭހަވެއެވެ.
* ކުޅަދާނަކަން ލިބިގެންވާނަމަ ޙައްޖާއި ޢުމްރާ ތަކުރާރުކުރުމުގައި ހުރި މުހިއްމުކަން ހާމަވެގެން ދެއެވެ.
* ޙައްޖާއި ޢުމްރާވުމުގެ ސަބަބުން ފާފަތައް ފުހެވިގެންދާކަންވެސް މިޙަދީޘުން އެނގެއެވެ.
* މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަންހާމަވެއެވެ.