ރަޙުމަތުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޞަޙާބީން ލޯބިކޮށް ތަބާވި ގޮތް – 2
އަލްއިމާމު އަލްޙާކިމް ރަޙިމަހުﷲ އެކަލޭގެފާނުގެ މުސްތަދުރަކުގައި ގެންނަވާފައި ވެއެވެ. ޢާއިޝާ ރަޞިޔަﷲ ޢަންހާ ވިދާޅުވިއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއިގެން މަސްޖިދުލްޙަރާމުން، މަސްޖުދުލް އަޤުޞާއަށް އިސްރާ ކުރެވުނު ޚަބަރު އެކަލޭގެފާނު ދެއްވުމުން، މީސްތަކުންގެ މެދުގައި އެޚަބަރު ފެތުރި އެ ވާހަކަ ދެކެވެންފެށިއެވެ. އެކަލޭގެފާނަށް އީމާންވެ އަދި އެކަލޭގެފާނުގެ ރަސޫލުކަން ތެދުކޮށްގެން ތިބި ބައެއްމީހުންނަށްވެސް އެ ޚަބަރު ޤަބޫލުކުރަން ދަތިވެ އެޚަބަރު ރައްދުކުރިއެވެ. އަދި އެބޭކަލުން އެ ޚަބަރާއިގެން އަވަސް އަވަހަށް އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަރިހަށް…