އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ތަބާވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ތަރައްޤީ އާއި ތަހުޒީބުގެ ގޮތުން ދުނިޔެ ކުރިއަރަމުން ދާއިރު، އިންސާނުންނަށް ދެއްވާފައިވާ ބުއްދީގެ ނިޢުމަތުގެ ބޭނުންކޮށް، މިވަނީ ތަފާތު ވައްތަރުގެ އެއްޗެހި އީޖާދުކޮށްފައެވެ. މިއިން ކޮންމެ އެއްޗެއް އުފެއްދި ބަޔަކު އެއެއްޗަކާއެކު، އެ ބޭނުންކުރާގޮތް ކިޔައިދީފައިވާ “ޔޫސަރ މެނުއަލް” އެއް ހިމަނާފައިވެއެވެ. އެހެނީ އެންމެ ރަނގަޅަށް އެއްޗަކާބެހޭ މަޢުލޫމާތު އެނގޭނީ އެއެއްޗެއް އުފެއްދި މީހަކަށްކަމާމެދު ޝައްކެއްނެތެވެ. އެހެންކަމުން އިންސާނުންނަށް އެންމެ ފައިދާހުރި […]
ފިކުރީ ހަނގުރާމަ މިއަދު ކުރެވޭ ގޮތްތައް

الحمد لله والصلاة والسلام على رسول الله ހަރުދަނާ ޢަޤީދާގެ ވެރި މުސްލިމުން ކަނޑި ބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ. ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވިފައިވާ ޕްލޭންތަކަކާ އެއްގޮތަށެވެ. މިކަމަށް ޚާއްޞަ ޢިލްމުވެރިންނާ ސްޕެޝަލައިޒް ވެފައިވާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. މިގޮތުން ޚާއްޞަ ބަޔަކު ތައްޔާރުކޮށް ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާއެކު މިރޭވުންތަކަށް ޢަމަލީ ސިފަ ގެނެވުނެވެ. […]
ރަޙުމަތުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޞަޙާބީން ލޯބިކޮށް ތަބާވި ގޮތް – 4

އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (އެއްދުވަހެއްގައި) ޚުތުބާއެއް ދެއްވިއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ( ﷲ ތަޢާލާ އެއިލާހުގެ އަޅަކަށް ދުނިޔެއާއި( ދުނިޔޭގެ ދިރިއުޅުމާއި)، އެއިލާހުގެ ހަޟްރަތުގައިވާ ނިޢުމަތްތައް(އާޚިރަތުގެ ނިޢުމަތްތަކާއި) ދެމެދުން އެއްކަމެއް އިޚްތިޔާރު ކުރުމަށް ހުށަހެޅުއްވިއެވެ. ފަހެ، އެ އަޅާ ﷲ ތަޢާލާގެ ހަޟްރަތުގައިވާ (އާޚިރަތުގެ) ނިޢުމަތްތައް އިޚްތިޔާރު ކުރިއެވެ.) އެ ހިނދު އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ކީރިތި ކުރައްވަން ފެއްޓެވިއެވެ. (އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު […]