ސިޔަރަތު ފިލާވަޅު 13
މައްކާގައި ހިނގާދިޔަ ނަބީކަމުގެ މަރުހަލާތައް: އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނަށް ﷲ ތަޢާލާގެ ފާރާތްޕުޅުން ނަބީކަން ޙަވާލުކުރެއްވުމާއެކު އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި އެކަމާ ކުރިމަތިލެއްވިއެވެ. މިގޮތުން އެންމެ ފުރަތަމަ މައްކާގައި 3 އަހަރުވަންދެން ސިއްރިއްޔާތުގައި އެކަލޭގެފާނުގެ ދަޢުވަތު ދެއްވެވިއެވެ. އެކަލޭގެފާނު ގިނިކަންޏާ ޙާލުކޮޅު މި މާތްވެގެންވާ އިސްލާމްދީނަށް ގޮވައިލެއްވުމުގެ ބުރަމަސައްކަތް ފެއްޓެވިއެވެ. ސިއްރިއްޔާތުގައި ދީނަށްގޮވާލެއްވުމުގެ ކަންތައްތައް ކުރިޔަށް ގެންދަވަނިކޮށް ﷲ ތަޢާލާގެ މި ވަޙީބަސްފުޅު އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އެކަލާނގެ ވަހީކުރެއްވިއެވެ. (فَاصْدَعْ…