ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ 6
ޝައިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާއަށް އެކަލޭގެފާނުގެ އިލްމުވެރިކަމުގެ ހައިބަތުގެ ބޮޑުކަމާއި އިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަމުގެ ސަބަބުން އެކަލޭގެފާނަށް ބޮޑެތި ޢިލްމުވެރިން އަބަދާއި އަބަދުދަނީ ތާރީފުގެ ބަސްފުޅުތައް ރައްދުކުރައްވަމުންނެވެ. އެކަލޭގެފާނަށް މިތާރީފުތައް ހައްޤުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަލޭގެފާނުވަނީ ނުހަނު ދަތިހާލުގައްޔާއި އަދި އެކަލޭގެފާނަށް ޖެހުނު ގިނަ ދުއްތުރާތަކާއި ބަލާތަކާއި ކުރިމަތިލައްވައި މިމަތިވެރި ދީން ހިމާޔަތްކުރެއްވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވާފައެވެ. މިއަދު އަހުލުއް ސުންނަތް ވައްޖަމާޢަތާއި އަދި ސަލަފުއް ޞާލިޙުންގެ މަންހަޖަށް އެންމެބޮޑަށް މަލާމާތްކުރާ މީހުން…