“رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ” (آل عمران8)
އަޅަމެންގެ ރައްބު! އަޅަމެންނަށް ތެދުމަގު ދެއްކުމަށްފަހު އަޅަމެންގެ ހިތްތައް އެމަގުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އިބައިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން (ނިޢުމަތް) ދެއްވާ އިލާހެވެ.
“رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ” (آل عمران 16)
އަޅަމެންގެ ރައްބު! އަޅަމެން އިބައިލާހަށް އީމާން ވެއްޖައީމެވެ. ފަހެ އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވައި، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!
“قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ” (آل عمران 26)
ކަލޭގެފާނު ވިދާޅުވާށެވެ! އޭ ﷲ! އެންމެހައި ތަކެއްޗެއްގެ ވެރިއިލާހު! އިބައިލާހު އެދިވޮޑިގެންވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބައިލާހު، އެދިވޮޑިގެންވާ މީހެއްގެ އަތުން ވެރިކަން އަތުލަށްވަމުއެވެ. އަދި އިބައިލާހު އެދިވޮޑިގަންނަވާ މީހަކަށް ޢިއްޒަތް ދެއްވަމުއެވެ. އަދި އިބައިލާހު އެދިވޮޑިގަންނަވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހައި ހެޔޮކަންތައްވަނީ ހަމައެކަނި އިބައިލާހުގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން އިބައިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
“رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ” (آل عمران: ٣٨)
އަޅުހެ ރައްބު! އިބަރަސްކަލާނގެ ޙަޟްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ.
“رَبَّنَا آمَنَّا بِمَا أَنْزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ” (آل عمران53)
އަޅަމެންގެ ރައްބު! އިބައިލާހު ބާވައިލެއްވިހައި ތަކެއްޗަށް އަޅަމެން މިތިބީ އީމާންވެގެންނެވެ. އަދި ރަސޫލާއަށްވެސް ތަބަޢަވެގެންނެވެ. ފަހެ (މިކަމަށް) ހެކިދޭނޭ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ!
“رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ” (آل عمران147)
އަޅަމެންގެ ރައްބު! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، ކާފިރުވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!
“حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ” (آل عمران173)
އަހަރެމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!
“رَبَّنَا مَا خَلَقْتَ هَذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ” (آل عمران191)
އަޅަމެންގެ ރައްބު! އިބައިލާހު މިތަކެތި ހައްދަވާފައިވަނީ، ބާޠިލްގޮތެއްގައެއް ނޫނެވެ. ތިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!
“رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ” (آل عمران 192)
އަޅަމެންގެ ރައްބު! ހަމަކަށަވަރުން، އިބައިލާހު ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބައިލާހު އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.
“رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آَمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ” (آل عمران193)
އަޅަމެންގެ ރައްބު! ގޮވާލައްވާ މީހަކު (ރަސޫލަކު) އީމާންވުމަށް ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާންވީމުއެވެ. އަޅަމެންގެ ވެރިރައްބު! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް ޢަފޫކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!
“رَبَّنَا وَآَتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ” (آل عمران194)
އަޅަމެންގެ ރައްބު! އިބައިލާހުގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް ވަޢުދުވެވޮޑިގެންފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، ޤިޔާމަތް ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހު ވަޢުދާ ޚިލާފުވެވޮޑިނުގަންނަވަމުއެވެ.
(ނުނިމޭ)
**********************************************
މި ސިލްސިލާގެ އެހެން ލިޔުންތައް
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 5
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 4
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 3
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 2
ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 1