مادة التوحيد ٤ (ف 1 ، د 6 – تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ)

ތިންވަނަ ބައި: تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ އަކީ: ކީރިތި ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައިވާ ﷲ ތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އެއީ ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅު ޞިފަކުރައްވާފައިވާ ގޮތަށް، އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އެއިލާހު ޞިފަކުރައްވާފައިވާ ޙަޤީޤީ މާނައިގައި އީމާންވުމެވެ. އަދި ހަމަކަށަވަރުން ﷲ އާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާކަމަށާއި އަދި އެއިލާހީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑީގެންވާ […]
އޯޑިއޯ ފޮތް 3: تَفْسِيْرُ كَلِمَةِ التَّوْحِيْدِ

ފަހެ ތައުޙީދަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކަމުވަންތަ ކުރުމަކީ ކޮންމެ އަޅުކަމެއްގެ ވެސް ފުރަތަމަ ޝަރުޠެވެ. ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަ ނުކުރާ މީހެއްގެ ކިބައިން އެއްވެސް އަޅުކަމެއް ޤަބޫލުނުކުރައްވާނެއެވެ.
ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 8 ( ފަހުބައި)

( تَبَارَكْتَ رَبَّنَا وَتَعَالَيتَ ) އެބަހީ: އިބަ އިލާހުއީ އެންމެހާ ހެޔޮކަމުން ފުރިގެންވާ އެކަމުގައި ދާއިމުވެ ވޮޑިގެންވާ، މަތިވެރިވެ ވޮޑިގެންވާ އަޅަމެންގެ ރައްބެވެ. ﷲ ތަޢާލާއީ ބަރަކާތް އެފަރާތަކަށް މިލްކުވެންވާ ބަރަކާތުގެ ވެރިފަރާތެވެ. މިއީ ﷲ ތަޢާލާއަށް ދެންނެވޭ ޘަނާއެކެވެ. އެއީ ދެކަމަކުންނެވެ: ފުރަތަމައީ: (التبارك) އެވެ. މިތާގައި (ت) އަކީ ގިނަކަމަށް ދަލާލަތުކުރުވާ (ت) އެކެވެ. ( تَبَارَكْتَ ) އެބަހީ: އިބަ އިލާހުގެ ހަޟްރަތުން އަންނަ ހެޔޮކަން ގިނަވެ ތަނަވަސްވެ އިބަ އިލާހުގެ […]