[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޯޑިއޯ ފޮތް 3: تَفْسِيْرُ كَلِمَةِ التَّوْحِيْدِ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

تَفْسِيْرُ كَلِمَةِ التَّوْحِيْدِ މި ފޮތަކީ އިމާމުއް ދަޢުވާ އަލްމުޖައްދިދު އައްޝައިޚް މުޙައްމަދު ބުން ޢަބްދުލް ވައްހާބު – رحمه الله – ގެ ކުރު ރިސާލާއެކެވެ. ފަހެ ތައުޙީދަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. ﷲ ތަޢާލާ އެއްކަމުވަންތަ ކުރުމަކީ ކޮންމެ އަޅުކަމެއްގެ ވެސް ފުރަތަމަ ޝަރުޠެވެ. ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަ ނުކުރާ މީހެއްގެ ކިބައިން އެއްވެސް އަޅުކަމެއް ޤަބޫލުނުކުރައްވާނެއެވެ.

މުވައްޙިދަކަށް ވުމަށްޓަކައި ނުވަތަ ﷲ ތަޢާލާ އެއްކައުވަންތަ ކުރާމީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުޙީދުގެ ކަލިމަ لا إله إلاّ الله  ދުލުން ކިޔުމެވެ. އެއާއި އެކު އޭގެ މާނަ އެ މީހަކަށް އެނގެންޖެހެއެވެ. އަދި އެ ކަލިމަ ކިޔުމުގެ ސަބަބުން ތިމާގެ މައްޗަށް ލާޒިމްވެގެންދާ ކަންތައް ތިމާ އާދާ ކުރަންޖެހެއެވެ.

އަޅުގަނޑުގެ ދުޢާއަކީ ވިހާވެސް ގިނަ ބަޔަކަށް މި ރިސާލާ ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ސަބަބުން ފައިދާ ޙާޞިލްވުމެވެ. އަދި މި ޢަމަލަކީ ﷲ ތަޢާލާ ޤަބޫލުކުރައްވާ ޢަމަލެއްކަމުގައި ލެއްވުމެވެ. آمين.

މުއައްލިފު: ޝައިޚުލް އިސްލާމް މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله

ކެޓަގަރީ: ޢަޤީދާ

ތަރުޖަމާކުރީ: އަޙްމަދު މިޙްޞަން

ފައިލް ސައިޒު:24.48mb

 

download

*********************************************

[audio:https://dhisalafiyyah.net/wp-content/uploads/2015/01/thafseer-kalimathu-thawheed-22-jan-2015.mp3]

އެހެނިހެން އޯޑިއޯ ފޮތްތައް