[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގެ ޤުނޫތުގެ ޝަރަޙަ – 8 ( ފަހުބައި)

ޤުނޫތު( تَبَارَكْتَ رَبَّنَا وَتَعَالَيتَ ) އެބަހީ: އިބަ އިލާހުއީ އެންމެހާ ހެޔޮކަމުން ފުރިގެންވާ އެކަމުގައި ދާއިމުވެ ވޮޑިގެންވާ، މަތިވެރިވެ ވޮޑިގެންވާ އަޅަމެންގެ ރައްބެވެ.

ﷲ ތަޢާލާއީ ބަރަކާތް އެފަރާތަކަށް މިލްކުވެންވާ ބަރަކާތުގެ ވެރިފަރާތެވެ. މިއީ ﷲ ތަޢާލާއަށް ދެންނެވޭ ޘަނާއެކެވެ. އެއީ ދެކަމަކުންނެވެ:  ފުރަތަމައީ: (التبارك) އެވެ. މިތާގައި (ت) އަކީ ގިނަކަމަށް ދަލާލަތުކުރުވާ (ت) އެކެވެ. ( تَبَارَكْتَ ) އެބަހީ: އިބަ އިލާހުގެ ހަޟްރަތުން އަންނަ ހެޔޮކަން ގިނަވެ ތަނަވަސްވެ އިބަ އިލާހުގެ އެންމެހާ ޚަލްޤުތަކުންގެ މައްޗަށް ޢާންމުވެގެންވެއެވެ. އެހެނީ ކުރިންވެސް ބަޔާންކުރެވުނު ފަދައިން ބަރަކާތަކީ ދާއިމީ ގޮތެއްގައިވާ ގިނަ ހެޔޮކަމެވެ.

މިބަސްފުޅު ( رَبَّنَا ) އެބަހީ: އޭ އަޅަމެންގެ ރައްބެވެ. ޢަރަބި ބަހުގައި މިޢިބާރާތް (يا رَبَّنَا) މިފަދައިންވެސް ބޭނުންކުރެއެވެ. ނަމަވެސް މިތާގައި އައިސްފައިވަނީ (يا) ނުލާއެވެ.

މިބަސްފުޅު ( وَتَعَالَيتَ ) (  އަދި އިބަ އިލާހު މަތިވެރިވެ ވޮޑިގެންފިއެވެ.) އެބަހީ: ޒާތުފުޅުގައްޔާއި ޞިފަފުޅުތަކުގައެވެ. ފަހެ ﷲ ތަޢާލާއީ އެއިލާހުގެ ޒާތުފުޅުގައިވެސް މަތިވެރިވެ ވޮޑިގެންވާ އިލާހެވެ. އަދި އަދި އެންމެހައި ޞިފަފުޅުތަކުގައިވެސް މަތިވެރިވެ ވޮޑިގެންވާ އިލާހެވެ. އެއިލާހު ވޮޑިގެންވަނީ އެއިލާހުގެ ޒާތުފުޅާއިގެން އެންމެހައި ޚަލްޤުތަކުންނަށްވުރެ މަތީގައެވެ. އެއިލާހުގެ ޒާތުފުޅާއިގެން އެންމެހައި މަޚްލޫޤުންނަށްވުރެ މަތީގައި ވޮޑިގެންވުމުގެ ޞިފަފުޅަކީ އެއިލާހުގެ ޒާތުފުޅަށް އަޒަލުގައި އަބަދުވެސް ލިބިގެންވާ ޞިފަފުޅެކެވެ. އެއިލާހަށްވުރެ މަތީގައި އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހު ޢަރުޝީގެ މަތީގައި އިސްތިވާ ވޮޑިގެންވުމަކީ އެއިލާހު ފިޢުލުފުޅެކެވެ. އެއީ އެއިލާހުގެ އިރާދަފުޅާއި ގުޅިފައިވާ އެއިލާހު އިރާދަކުރައްވާނަމަ ކުރައްވާ ކަމެކެވެ. ޢަރުޝިއަކީ އެންމެ މަތީގައިވާ މަޚްލޫޤެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. ޢަރުޝީގެ މައްޗަށް އެއިލާހު އިސްތިވާވޮޑިގެންވީ އެއިލާހުގެ ޒާތުފުޅާއި މަތިވެރިކަމާއި އެކަށީގެންވާގޮތަށެވެ. އެއިލާހު އިސްތިވާވޮޑިގެންނެވީ ވަކި ކައިފިއްޔަތަކަށޭ (ގޮތަކަށޭ) އަހަރެމެން ނުބުނާނަމެވެ. އަދި (މަޚްލޫޤުން އެއްޗެތީގެ މައްޗަށް އަރައި އުޅޭ ގޮތަށޭ ބުނެ) އެކަމަށް މިޘާލެއްވެސް އަހަރެމެން ނުޖަހާނަމެވެ. އެއިލާހުގެ ޒާތުފުޅާއިގެން އެންމެހާ މަޚްލޫޤުންނަށްވުރެ މަތީގައި ވޮޑިގެންވާކަމަށް ސަލަފުއްޞާލިޙުން ވަނީ އިޖްމާޢުވެފައެވެ. އެހެނީ ޤުރުއާނާއި ސުންނަތާއި އަދި އިންސާނާގެ ބުއްދިއާއި ފިޠުރަތް މިކަމަށް ދަލީލުކޮށްދެއެވެ.

ޞިފަފުޅުތަކުގައި އެއިލާހު މަތިވެރިވެވޮޑިގެންވުމޭ ބުނެވޭ ބަހުގެ މާނައަކީ، އެންމެ ފުރިހަމަވެގެންވާ އަދި މަތިވެރިވެގެންވާ ޞިފަފުޅުތައް އެއިލާހަށް ނިސްބަތްވެގެން ވުމެވެ. އެއިލާހުގެ އެއްވެސް ޞިފަފުޅަކީ އެއްވެސް ގޮތަކުން އުނިކަމެއް ނުވާނެ ޞިފަފުޅުތަކެކެވެ. އެންމެހާ އުނި ޞިފަތަކުން އެއިލާހު ހުސްޠާހިރުވެ ވޮޑިގެންވެއެވެ.

تم بحمد الله و توفيقه وصلى الله و سلم على نبينا محمد و على آله و أصحابه و أتباعه إلى يوم الدين .

–   ނިމުނީ –

މަޞްދަރު :  ”شرح دعاء قنوت الوتر” لفضيلة الشيخ العلامة محمد بن صالح العثيمين

ކުރީގެ ބައިތައް