تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 6

ހަމައެކަނި ފުރަތަމަ ނުވަ ޤަރުނު އަޅުގަނޑު ޛިކުރުކޮށްފައިވާ ސަބަބު: އެއީ ހަމަކަށަވަރުން ދެން އައި ދުވަސްވަރުގައި އާލާކުރުމެއް ނުވަތަ މުޅިން އާ މަސައްކަތްތަކެއް ނުވާތީއެވެ.
ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް- ރީނދޫ ކުލަ

1- ރީނދޫ ކުލަ ރީނދޫކުލައަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ފުރަތަމަ ކުލައެވެ. މިކުލަ ފަސް އާޔަތެއްގައި ފަސްފަހަރު ނަންގަނެވިފައިވެއެވެ. އެއީ ޖަނަވާރާ ގުޅޭގޮތުން ދެފަހަރުއާއި ވަޔާގުޅޭގޮތުން އެއްފަހަރު އަދި ދަނޑުފަނގާ ބެހޭގޮތުން ދެފަހަރުއެވެ. ރީނދޫ ކުލައިން ބައެއް ކަންތައްތަކަށް ދަލީލުކުރެއެވެ. އެގޮތުން 1- އެކުލަ ޖަނަވާރެއްގައިވާނަމަ އެކުލައަށް ބަލާމީހުންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. قَالُواْ ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا قَالَ إِنَّهُ […]
ނަމާދުގެ ޤަދަރު މަތިވެރިކުރުން 6

ފަހެ ހަމަކަށަވަރުން އެންމެ މާތްކަން ބޮޑު ޢަމަލާއި ބެހޭގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ((الصَّلَاةُ لِوَقْتِهَا)) [صحيح البخاري] މާނައީ:” ނަމާދު އޭގެ ވަގުތުގައި ކުރުމެވެ”. ((أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ الصَّلَاةُ)) [رواه النسائي و صححه الألباني في صحيح النسائي 4002] . މާނައީ: ” އަޅާގެ އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދެވެ”. އަދި ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ ދިމާވާ ކޮންމެ މުޞީބާތަކާއި ކުރިމަތިލުމަށް ނަމާދުން ވާގިލިބިގަތުމަށް […]