ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 6

* ޣީބަ ބުނުމުގެ ހުރި ނުރައްކާ! ޝައްކެއްނެތް ގޮތުގައި ޣީބައަކީ ބިރުވެރިކަން ބޮޑު، އެކަމުގައި ދެމިހުރި މީހަކަށް، ދެދުނިޔޭގައި ވެސް ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ނަމަވެސް ގިނަމީހުންވަނީ މިކަމަށް ޣާފިލުވެފައެވެ. އަދި އެމީހުން ދައްކާ ވާހަކައިގެ ފޮނި މޭވާ އަކީ މީސްތަކުންނަށް ޣީބަ ބުނުން ކަމުގައި ހަދައެވެ. އެހެންކަމުން މުޖުތަމަޢުތަކުން އެފަދަ މަންޒަރުތަށް މެދު ކެނޑުމެއްނެތި ރެޔާއި ދުވާލު ހުޅުވާފަ ހުއްނަ ޓީވީ އާއި ރޭޑިއޯ ތަކުން ވެސް އިވި އިވި ހުރެއެވެ. މިކަން މީހާ […]
ތިމާގެ އަޚާއަށް ކުރާ ހެޔޮދުޢާ އިޖާބަވެގެންވެއެވެ.

އިސްލާމްދީނަކީ އަޚުވަންތަ ކަމުގެ ދީނެކެވެ. އެދީނުގައި ވަނީ އެއްބަޔަކު އަނެއްބަޔަކު އެކުވެރިވެ އަދި އެއްބަޔަކު އަނެއްބަޔަކަށް ހެޔޮއެދުމަށް އަމުރުކުރައްވާފައެވެ. އަދި މިކަމަށް ބާރުއަޅުއްވާފައިވެއެވެ. އެގޮތުން އިސްލާމްދީނުގައި އަޚުވަންތަކަމަށް ބާރުއެޅުއްވުމުގެ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަޅުގަނޑުމެންނަށް އެގޮތުގައި ހިފެހެއްޓުމަށްޓަކައި އެތައް އިރުޝާދުތަކެއް ދެއްވައިފައެވެ. އެގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވަމުން ޙަދީޘްކުރައްވާފައިވެއެވެ: (دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، […]
މުސަޅުމަސް

އިސްލާމްދީނުގައި ޢާއްމުގޮތެއްގައި ހުރިހާ ކަބޯތަކެއްޗެއްވަނީ ހުއްދަ ކުރައްވައި ޙަލާލް ކުރައްވައިފައެވެ. ހަރާމްކުރެއްވި އެއްޗެއް ފިޔަވައެވެ. މިސާލަކަށް އޫރުމަސް، މުޅަތަކެތި، ބަނގުރާ، އަދި ﷲގެ އިސްމުފުޅު ނުގަނެ ކަތިލެވޭތަކެއްޗަކީ ކަނޑައެޅިގެން ހަރާމް އެއްޗިއްސެވެ. ނަމަވެސް ޤުރުއާނުގައި ނުވަތަ ޙަދީޘުގައި ކަނޑައެޅިގެން އެއްޗެއް ހަރާމްކަމުގައި ބަޔާންނުވާހާ ހިނދަކު އެއެއްޗަކީ ހުއްދަ އެއްޗެކެވެ. ހަލާލު ރަނގަޅު އެއްޗެކެވެ. މުޢާމަލާތުގެ އަޞްލަކީވެސް އެއީއެވެ. ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. ((يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا […]
إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.) 4

ޢިލްމުގެ އަހުލުވެރިންނަކީ އެއީ، ޤިޔާމަތަށް ދާންދެން ﷲގެ އަމުރުފުޅުތަކުގެމަތީ ޤާއިމުވެތިބޭނެ ބައެކެވެ. އެކަމުގެ ދަލީލަކީ މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ وَإِنَّمَا أَنَا قَاسِمٌ وَاللَّهُ يُعْطِي وَلَنْ تَزَالَ هَذِهِ الأُمَّةُ قَائِمَةً عَلَى أَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ […]