[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

إِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.) 4

12112825_765499876893483_360637091_o (1)

  1. ޢިލްމުގެ އަހުލުވެރިންނަކީ އެއީ، ޤިޔާމަތަށް ދާންދެން ﷲގެ އަމުރުފުޅުތަކުގެމަތީ ޤާއިމުވެތިބޭނެ ބައެކެވެ. އެކަމުގެ ދަލީލަކީ މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
    “مَنْ يُرِدْ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ وَإِنَّمَا أَنَا قَاسِمٌ وَاللَّهُ يُعْطِي وَلَنْ تَزَالَ هَذِهِ الأُمَّةُ قَائِمَةً عَلَى أَمْرِ اللَّهِ لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ”[1]
    މާނައީ:”ﷲތަޢާލާ މީހަކަށް ހެޔޮގޮތެއް މެދުވެރިކުރައްވާފިނަމަ، ފަހެ، އެއިލާހު، އެމިހަކު ދީނުގައި ފިޤުހުވެރިކޮށްދެއްވައެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ (ﷲގެ އަމުރުފުޅާއިއެއްގޮތަށް) ބައްސަވާ ފަރާތެވެ. (ޙަޤީޤީ ދެއްވުން) ދެއްވަނީ ﷲއެވެ. ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން (އެބަހީ؛ ޤިޔާމަތަށް ދާންދެން) ﷲގެ އަމުރުފުޅުތައްމަތީ ޤާއިމުވެތިބޭނެބަޔަކު މިއުންމަތުގައިވާނެއެވެ. އެބައިމީހުންނާ ޚިލާފުވާ ބައެއްގެފަރާތުން ގެއްލުމެއް އެބައިމީހުނަކަށް ނުލިބޭނެއެވެ.”
  2. ﷲތަޢާލާ އަޅަކަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ދެ ނިޢުމަތަކަށް މެނުވީ، އަނެކާއަށް ޣިބްޠުގެ[2] ޙަސަދަވެރިކަމުން ހަސަދަވެރިވުމަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައެއް ނުވެއެވެ. އެ ދެނިޢުމަތީ:
    – ޢިލްމު އުނގެނި އެޢިލްމަށް ޢަމަލުކުރުމުގެ ނިޢުމަތެވެ.
    – ﷲތަޢާލާ އެމީހަކަށް މުދާދެއްވާ އެމުދާ މުސްލިމުންގެ ޚިދުމަތުގައި ބޭނުންކުރުމެވެ.
    އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.“لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٍ آتَاهُ اللَّهُ مَالًا فَسَلَّطَهُ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٍ آتَاهُ اللَّهُ حِكْمَةً فَهُوَ يَقْضِي بِهَا وَيُعَلِّمُهَا النَّاس”[3]މާނައީ: “ދެކަމެއްގައި މެނުވީ ޙަސަދަވެރިވުމެއް ނުވެއެވެ. އެއިގެތެރެއިން އެކަކީ ﷲ އެމީހަކަށް މުދާދެއްވައި، އެމުދާ ޙައްޤުވެގެންވާގޮތުގައި (އެބަހީ؛ އެމީހާއަށާއި އެހެންމީހުންނަށް މަންފާކުރާގޮތުގައި) ހޭދަކުރާމީހާއެވެ. އަދި އަނެކަކީ ﷲ އެމީހަކަށް ޙިކުމަތް (އެބަހީ؛ ޢިލްމު) ދެއްވައި، އެޢިލްމުން އެމީހާ މީސްތަކުންގެ މެދުގައި ޙުކުމްކޮށް، މީސްތަކުންނަށް އެ ޢިލްމު އުގަންނައިދޭ މީހާއެވެ.”

(ނުނިމޭ)

މަޞްދަރު: كتاب العلم لابن عثيمين


[1]  روى البخاري (71) ، ومسلم (1037)

[2]  ޣިބްޠުގެ ޙަސަދައަކީ، މީހަކަށް ލިބިފައިވާ ނިޢުމަތެއްފެނި، އެމީހެއްގެ ކިބައިން އެ ނިޢުމަތެއް ނިގުޅައިގެން ދިއުމަށް ނޭދޭހާލު އޭނާ އެނިޢުމަޔަކަށް އެދުމެވެ. މިއީ ހުއްދަ ޙަސަދައެކެވެ.

[3]  روى البخاري ، ومسلم

މިލިޔުމުގެ އެހެނިހެން ބައިތައް