* ޣީބަ ބުނުމުގެ ހުރި ނުރައްކާ!
ޝައްކެއްނެތް ގޮތުގައި ޣީބައަކީ ބިރުވެރިކަން ބޮޑު، އެކަމުގައި ދެމިހުރި މީހަކަށް، ދެދުނިޔޭގައި ވެސް ގެއްލުމާއި ހަލާކު ހުރި ކަމެކެވެ. ނަމަވެސް ގިނަމީހުންވަނީ މިކަމަށް ޣާފިލުވެފައެވެ. އަދި އެމީހުން ދައްކާ ވާހަކައިގެ ފޮނި މޭވާ އަކީ މީސްތަކުންނަށް ޣީބަ ބުނުން ކަމުގައި ހަދައެވެ. އެހެންކަމުން މުޖުތަމަޢުތަކުން އެފަދަ މަންޒަރުތަށް މެދު ކެނޑުމެއްނެތި ރެޔާއި ދުވާލު ހުޅުވާފަ ހުއްނަ ޓީވީ އާއި ރޭޑިއޯ ތަކުން ވެސް އިވި އިވި ހުރެއެވެ. މިކަން މީހާ ފުޅާކޮށް ފެތުރިފައި ވުމުގެ އަސްލަކީ މިކަމުގެ ނުބައިކަން ތަސައްވަރު ކުރެވި، އެނގިފައި ނެތުން ނޫންކަމުގައި ނުވާނެއެވެ. މިކަމުގެ ނުރައްކާތެރިކަމާ ގުޅިގެން އައިސްފައިވާ ޝަރުޢީ ބައެއް ދަލީލުތައް ބަޔާން ކޮށްދެމެވެ.
އާއިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެން ވެއެވެ.އެކަމަނާ ވިދާޅުވިއެވެ. ތިމަން ކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެ ފާނަށް، ޞަފިއްޔަތުގެފާނު އިސްކޮޅުންކުރު، އަންހެން ބޭކަނބަލަކަށް ވުން (އުނި ސިފައަކަށް) ފުދިގެން ވެއެވެ. އެހިނދު -ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަ- ހަދީޘްކުރެއްވި އެވެ.
((لَقَدْ قُلْتِ كَلِمَةً لَوْ مُزِجَتْ بِمَاءِ الْبَحْرِ لَمَزَجَتْهُ)) [رواه أبو داود وصححه الألباني]
މާނައީ: “ކަމަނާ ތިޔަވިދާޅުވި ބަހަކީ ކަނޑުގެ ފެނާއި އެކުވެއްޖެ ކަމުގައި ވާނަމަ، އެކަނޑުގެ ފެނާއި އެކުވެދާފަދަ ބަހެކެވެ.” ( އެބަހީ: ކަނޑުގެ ފެނާއި އެކުވެ، ރަހަޔާއި ވަސް ތަޣައްޔަރު ވާދާފަދަ ނުބައި ބަހެކެވެ).
=ނުނިމޭ=
_________________________________
(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)