ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 62 ” މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެކަމުގައި ފަޚުރުވެރިވުން “
މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެކަމުގައި ފަޚުރުވެރިވުން. ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެތަންތަނުގައި ބިންވަޅުނަގައި ހެދުމާއި އެކަމުގައި ފަޚުރުވެރިވުން ހިމެނެއެވެ. އަނަސް رضي الله عنه ގެ ކިބައިން އިމާމު އަޙްމަދު ރިވާކުރައްވާފައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يَتَبَاهَى النَّاسُ فِي الْمَسَاجِدِ))[1] މާނައީ: “މިސްކިތްތަކާމެދު މީސްތަކުން ފަޚުރުވެރިވެ އުޅެއްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ.” އަދި ނަސާއީ އާއި އިބްނު…