[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (1 ވަނަ ބައި)

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ  - غلاف4

 الحَمْدُ لله رَبِّ العَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ الخَلْقِ أَجْمَعِينَ وَخَاتَمِ الأَنْبِياءِ وَالمُرْسَلِينَ سَيِّدِنا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَالتّابِعِينَ وَمَنْ تَبِعَهُمْ  بِإِحْسَانٍ إِلى يَوْمِ الدِّيْنِ

أما بعد:

الله سُبْحَانَه وَتَعَالَى ގެ ރަޙުމަތާއި މިންނަތުން އަޅުގަނޑު ސިލްސިލާ ކޮށް ޝާއިޢު ކުރަން ގަސްދު ކޮސްފައިވާ މިލިޔުންތަކުގައި ގެނެސްދެވޭނީ އިސްލާމީ އުންމަތުގައި އެފޮތެއްގެ މަޤްބޫލުކަމުން އިތުރު ތަޢާރަފަކަށް ބޭނުންނުވާނެ ފޮތަކުން ނަގާފައިވާ އޭގެ ވަރަށް ކުޑަމިންވަރެކެވެ. އާދެ އެފޮތަކީ الإِمَامُ الْحَافِظُ أَحْمَدُ بْنُ عَلِى بْنِ حَجَرِ الْعَسْقَلَانِي الشَّافِعِيْ – رَحِمَهُ الله – ލިޔުއްވާފައިވާ بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ ގެ ރޯދަޔާއި ބެހޭ ކިތާބުގައިވާ ޙަދީޘްތަކުގެ ތަރުޖަމާއެވެ. الله سُبْحَانَه وَتَعَالَى ގެ އިޒުނަފުޅާއި އިރާދަފުޅާއިއެކު ކުރިއަށް އޮތް ދުވަސްތަކުގައި މި ޙަދީޘްތައް ސިލްސިލާކޮށް ޝާއިޢު ކުރެވެމުން ދާނެއެވެ. الله سُبْحَانَه وَتَعَالَى މިކަމުގައި އަޅުގަނޑަށް އިޚުލާޞްތެރިކަންދެއްވާ، މިއީ ޤަބޫލުވެވިގެންވާ ހެޔޮ ޢަމަލެއްކަމުގައި ލައްވާ، ދިވެހި އުންމަތަށް މި ކުޑަ މަސައްކަތުން ފައިދާ އެއް ޙާޞިލްވުމުގެ އައުފީޤުދެއްވާށި. އާމީން

ولا توفيق إلا بالله

މުއައްލިފުގެ މުޤައްދިމާ

الحَمْدُ ِللهِ عَلَى نِعَمِهِ الظَّاهِرَةِ وَالبَاطِنَةِ قَدِيْمًا وَحَدِيْثًا، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّهِ وَرَسُوْلِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ الَّذِيْنَ سَارُوْا فِيْ نُصْرَةِ دِيْنِهِ سَيْرًا حَثِيْثًا، وَعَلَى أَتْبَاعِهِمُ الَّذِيْنَ وَرَثُوْا عِلْمَهُمْ – وَالْعُلَمَاءُ وَرَثَةُ الْأَنْبِيَاءِ – أَكْرِمْ بِهِمْ وَارِثًا وَمَوْرُوْثًا

أَمَّا بَعْدُ:

فَهَذَا مُخْتَصَرٌ يَشْتَمِلُ عَلَى أُصُوْلِ الْأَدِلَّةِ الْحَدِيْثِيَّةِ لَلْأَحْكَامِ الشَّرْعِيَّةِ، حَرَّرْتُهُ تَحْرِيْرًا بَالِغًا، لِيَصِيْرَ مَنْ يَحْفَظْهُ مِنْ بَيْنَ أَقْرَانِهِ نَاِبغاً ، وَيَسْتَعِيْنُ بِهِ الطَّالِبُ الْمُبْتَدِي وَلَا يَسْتَغْنِيْ عَنْهُ الرَّاغِبُ الْمُنْتَهِي .

وَقَدْ بَيَّنْتُ عَقِبَ كُلِّ حَدِيْثٍ مَنْ أَخْرَجَهُ مِنَ الْأَئِمَّةِ، لِإِرَادَةِ نُصْحِ الْأُمَّةِ .

فَالْمُرَادُ بِالسَّبْعَةِ: أَحْمَدُ، وَالْبُخَارِيْ، وَمُسْلِمٌ، وَأَبُوْ دَاوُدَ، وَالتَّرْمِذِيْ، وَالنَّسَائِيْ، وَابْنُ مَاجَهْ.

وَبِالسِّتَةِ: مَنْ عَدَا أَحْمَدَ.

وَبِالْخَمْسَةِ: مَنْ عَدَا البُخَارِيَ وَمُسْلِماً، وَقَدْ أَقُوْلُ: الأَرْبَعَةُ وَأَحْمَدُ.

وَبِالْأَرْبَعَةِ: مَنْ عَدَا الثَّلَاثَةَ الْأَوَّلَ.

وَبِالثَّلَاثَةِ: مَنْ عَدَاهُمْ وَعَدَا الْأَخِيْرَ.

وَبِالْمُتَّفَقِ: البُخَارِيُّ وَمُسْلِمٌ ، وَقَدْ لَا أَذْكُرُ مَعَهُمَا.

وَمَا عَدَا ذَلِكَ: فَهُوَ مُبَيَّنٌ .

وَسَمَّيْتَهُ (( بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ )).

وَاللهَ أَسْأَلُ أَلَّا يَجْعَلَ مَا عَلَّمْنَا عَلَيْنَا وَبَالاً ، وَأَنْ يَرْزُقَنَا العَمَلَ بِمَا يَرْضِيْهِ سُبْحَانَهُ وَتَعَالَى.


އެންމެހާ ޙަމްދު ހުރީ އިސްވެގޮސްފައިވާ އަދި މިހާރުވެސް ލިބިލިބިހުރި، ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ވަންހަނާވެގެންވާ ނިޢުމަތްތައް ދެއްވި الله އަށެވެ. އަދި އެއިލާހުގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުގެފާނަށާއި އަދި އެކަލޭގެފާނުގެ ދީނަށް ނަޞްރު ދިނުމުގައި ކުރިއަށްވަޑައިގެން އަވަސްވެވަޑައިގެންނެވި، އެކަލޭގެފާނުގެ އާލުންނާއި އަސްޙަބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އަދި އެބޭކަލުންގެ އިލްމު އެބަޔަކަށް ވާރުތަވެ، އެބޭކަލުންނަށް (ރަސޫލާއަށާއި ޞަޙަބީބެކަލުންނަށް) ތަބާވި ބޭކަލުން މި ސަވާތުގައި ޝާމިލްކުރައްވާށިއެވެ. އިލްމުވެރިނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ވާރުތަވި އިލްމާއި، ވާރުތަވި ބޭކަލުންގެ ގޮތުގައި ބޭކަލުންގެ މާތްކަމާއި މަތިވެރިކަމާއެވެ.

އެއަށްފަހު ދަންނައެވެ.

މިއީ، ޝަރުޢީ ޙުކުމްތަކަށް ޙަދީޘްތަކުން ނެގޭ މައިގަނޑު ދަލީލުތައް ޝާމިލުވެގެންވާ ކުރު ޚުލާސާ ފޮތެކެވެ. އަޅުގަނޑު އެފޮތް ލިޔެފައިވާނީ މުހިންމު ފޮތްތަކުން ނަގައި، އެފޮތް ހިފްޡުކުރާމީހަކު އެމީހެއްގެ އެކުވެރިންގެ ތެރެއިން މޮޅުވެ މަޤާމު އުފުލިގެންދާނެ ފޮތެއްގެ ގޮތުގައެވެ. އެފޮތުން ފަށާއިގަންނަ ކިޔަވާކުދިން އެހީ ހޯދާ އަދި ޢިލްމީގޮތުން ފުންނާބުއުސް ބޭކަލުން އެފޮތާނުލައި ނުފުދޭ ފޮތެއްގެ ގޮތުގައެވެ.

އަދި ކޮންމެ ޙަދީޘެއްގެ ފަހުގައި އިމާމުންގެ ތެރެއިން އެ ޙަދީޘް ނެރެދެއްވި ފަރާތް އަޅުގަނޑު ބަޔާންކޮށްފައި ވާނެއެވެ. އެއީ އުންމަތަށް ނަސޭޙަތެއްގެ ގޮތުގައެވެ. އެގޮތުން:

“ރިވާކުރެއްވީ ހަތް ބޭފުޅުން ނެވެ ” ގެ މުރާދަކީ  الإِمَامُ أَحْمَدُ، الإِمَامُ اَلْبُخَارِيُّ ، الإِمَامُ مُسْلِم، الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي ، الإِمَامُ اِبْنُ مَاجَهْ. މި ހަތްބޭފުޅުންނެވެ.

“ރިވާކުރެއްވީ ހަ ބޭފުޅުންނެވެ ” ގެ މުރާދަކީ الإِمَامُ أَحْمَدُ ފިޔަވައި އެހެން ބޭފުޅުންނެވެ. (އެބަހީ:  الإِمَامُ اَلْبُخَارِيُّ ، الإِمَامُ مُسْلِم، الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي، الإِمَامُ اِبْنُ مَاجَهْ. މި ހަ ބޭފުޅުންނެވެ.)

” ރިވާ ކުރެއްވީ ފަސްބޭޅުންނެވެ. ” ގެ މުރާދަކީ الإِمَامُ اَلْبُخَارِيّ ، الإِمَامُ مُسْلِم ފިޔަވައި އެހެން ބޭފުޅުންނެވެ. (އެބަހީ: الإِمَامُ أَحْمَدُ، الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي، الإِمَامُ اِبْنُ مَاجَهْ. މި ފަސް ބޭފުޅުންނެވެ.) އަދި ބައެއްފަހަރު ރިވާކުރެއްވީ ހަތަރު ބޭފުޅުންނާއި އޭ ބުނެފައިވާނެއެވެ.

“ރިވާކުރެއްވީ ހަތަރު ބޭފުޅުންނެވެ. ” ގެ މުރާދަކީ ފުރަތަމަ ތިން ބެފުޅުން ފިޔަވައި އެހެން ބޭފުޅުންނެވެ. (އެބަހީ: الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي، الإِمَامُ اِبْنُ مَاجَهْ. މި ހަތަރު ބޭފުޅުންނެވެ.)

“ރިވާކުރެއްވީ ތިން ބޭފުޅުންނެވެ. ” ގެ މުރާދަކީ އިސްވެދިޔަ ތިން ބޭފުޅުންނާއި (އެބަހީ: ފުރަތަމަ ތިން ބެފުޅުންނާއި) އެންމެ ފަހު ބޭފުޅާ ފިޔަވައެވެ. (އެބަހީ: الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي މި ތިން ބޭފުޅުންނެވެ.)

“އިއްތިފާޤު ވެވަޑައިގަންފައިވާ (ހަދީޘެކެވެ) ” ގެ މުރާދަކީ الإِمَامُ اَلْبُخَارِيُّ، الإِمَامُ مُسْلِم މި ދެބޭފުޅުންނެވެ. އެ ދެބޭފުޅުން ނާއި އެކު އެހެން ރާވީއެއް ބާޔާން ނުކޮށްވެސް ހުރެދާނެއެވެ.

އިސްވެ ދިޔަ ބޭފުޅުން ފިޔަވައި ހުރިހާ ރާވީން ވާނީ (ނަމުން) ބަޔާންކޮށްފައެވެ.

މި ފޮތައް އަޅުގަނޑު ކީ ނަމަކީ بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ އެވެ. (މާނައަކީ: ޙުކުމްތަކުގެ ދަލީލުތަކުގައި (އެމީހަކު) ބޭނުންވާ ހިސާބަށް (މި ފޮތުގެ ޒަރީއާއިން) ދިޔުމެވެ.)

އަދި އަޅަމެން މި އުގެނުނު ޢިލްމަކީ އަޅަމެންގެ މައްޗަށް ވާ ޢުޤޫބާތަކައް ނުލެއްވުމަށް އެދި الله ގެ ޙަޟުރަތުގައި ދަންނަވަމެވެ. އަދި އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑި ގަންނަވާ ގޮތުގައި ޢަމަލު ކުރުމުގެ ތައުފީޤުދެއްވުން އެދި ދަންނަވަމެވެ.

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ