[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 46

17760

ނަރަކައިގެ އަހުލުވެރިންގެ އަދަދު ގިނަވުމުގެ ސިއްރު

ނަރަކައިގެ އަހުލުވެރިން ގިނަވަނީ މީސްތަކުންނާއި ހަމަޔަށް ޙަޢްޤު ނުފޯރުމުގެ ސަބަބުންނެއް ނޫނެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އެއްވެސް ބަޔަކަށް އެމީހުނަށް ދީނުގެ ދަޢުވަތް ފޯރައިފުމަށް ދާންދެން އެމީހުންނަށް ޢަޛާބު ނުދެއްވަތެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

(…وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا) [سورة الإسراء 15]

މާނައީ: “އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ޢަޛާބު ދެއްވުމަކަށް ތިމަންރަސްކަލާނގެ ކަނޑައެއް ނާޅުއްވަމެވެ.”

މިހެންވެ ކޮންމެ އުއްމަތަކަށްވެސް އެކަލާނގެ އިންޛާރު ދެއްވާނެ ރަސޫލަކު ފޮނުވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.

(…وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ) [سورة فاطر 24]

މާނައީ: “އަދި އެ އުއްމަތަކަށް އިންޛާރު ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް އުއްމަތެއް ނުވެތެވެ.”

އެހެން ނަމަވެސް ނަރަކަވަންތަވެރިން ގިނަވުމުގެ ސިއްރަކީ ރަސޫލު ބޭކަލުންނަށް އިޖާބަ ނުދިން މީހުންގެ އަދަދު ގިނަވުމެވެ. އަދި އެބޭކަލުންނަށް ކާފަރުވި މީހުންގެ ގިނަކަމެވެ. އަދި އެބޭކަލުންނަށް އީމާންވި މީހުންގެ ތެރެއިންވެސް ގިނަމީހުންގެ އީމާންކަން ސާފުނުވުމެވެ.

އަދިހަމަ އެއާއިއެކު މީގެ އެންމެ ބޮޑު ސިއްރެއް ކަމުގައި ބެލެވެނީ ޝަހުވަތްތަކަށް ތަބާވުމެވެ. އެހެނީ އިންސާނާގެ ނަފްސުގައި ޝަހްވަތްތަކަށް ތަބާވުމަކީ ޠަބީޢީ ގޮތުން އަށަގަނެފައިވާ ވާކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا …) [سورة آل عمران 14]

މާނައީ: “އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި އިމްތިޙާނެއްގެ ގޮތުން މީސްތަކުންނަށް ޒިނަތްތެރި ކުރެއްވުނެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ.”

މީސްތަކުންގެ ތެރެއިން ގިނަބަޔަކު އެބައިމީހުންގެ ނަފްސު އެދޭހައިކަމާކައި ޝަހުވަތްތަކަށް އަރައިގަތުމުގައި ޙަރާމެއް ޙަލާލެއް ނުބަލަތެވެ. އެހެން ނަމަވެސް އެމީހުންގެ ނަފްސު އެދޭހައި ގޮތަކަށް ﷲގެ ޙުކުމް ފުޅުތަކަށް ބަލައިލުމެއްނެތި އަރައިގަންނަމުން ދެއެވެ.

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ