[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޑރ. އައްޞިއްދީޤު އައްޟަރީރު: އިސްލާމީ މާލީ މުޢާމަލާތްތަކާގުޅޭ ދާއިރާގައި ފުންނާބުއުސް ނަމެއް

ފަޟީލަތުއްޝައިޚް ޕުރޮފެސަރު ޑރ. އައްޞިއްދީޤު މުޙައްމަދު އަލްއަމީން އައްޟަރީރުއަކީ، ސޫދާނަށް ނިސްބަތްވެވަޑައިގަންނަވާ، ޒަމާނީ އިސްލާމީ މާލީ މުޢާމަލާތްތަކާގުޅޭ ދާއިރާއިން ތަޚައްޞުޞު (ސްޕެޝަލައިޒް) ވެވަޑައިގެން ހުންނެވި، މޮޅު ޢިލްމުވެރިޔެއް އަދި ކުޅަދާނަ ބާޙިޘެކެވެ. އެ ބޭފުޅާ ނިސްބަތްވެވަޑައިގަންނަވަނީ ޢިލްމުވެރި ޢާއިލާއަކަށެވެ. އެ ބޭފުޅާގެ ކާފާފުޅު، އައްޝައިޚް އަލްއަމީން އައްޟަރީރުއަކީ ސޫދާނުގެ ކުރީގެ ބޮޑު ޢިލްމުވެރިޔެކެވެ. އެ ބޭފުޅާ އުފަންވެވަޑައިގަތީ، ސޫދާނުގެ އުއްމު ދުރްމާން ސިޓީގައި، މީލާދީ ސަނަތުން 1918 ވަނަ އަހަރުގައެވެ. ހިޖުރީ ސަނަތުން 1337 ވަނަ އަހަރުގައެވެ. […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 11

11ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُتَوَاتِرُ مُقَدَّمٌ عَلَى الآحَادِ وَالأَقْيِسَةِ މި ޤަވާޢިދުގެ ތަރުޖަމާ: {އާހާދުއާއި ޤިޔާސްތަކުގެ މައްޗަށް މުތަވާތިރު އިސްކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: ތަވާތުރުގެ ދަރަޖައިގައި ފޯރުކޮށްދެވިފައިވާ ޚަބަރު، އާޙާދުގެ ދަރަޖައިގައި ފޯރުކޮށްދެވިފައިވާ ޚަބަރުގެ މައްޗަށާއި ޤިޔާސްގެ މައްޗަށް އިސްކުރެވިގެންވެއެވެ. ސަބަބަކީ، މުތަވާތިރުން ޤަޠުޢީ ޢިލްމު ލިބިގެންދާކަމާމެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާތީއެވެ. މިއާ ޚިލާފަށް، އާޙާދު ޚަބަރުންނާއި ޤިޔާސުން ލިބެނީ ހަމައެކަނި ޡައްނީ ޢިލްމެވެ. އަދި އުޞޫލީ ޢިލްމުވެރިންގެ އަރިހުގައިވާ ޤަވާޢިދުތަކުގައި، ޡައްނީ ދަލީލުގެ […]