ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13
13ވަނަ ޤަވާޢިދު (ޖުމްލަ 60): إِذَا تَعَارَضَ الـمَرْفُوعُ وَالـمَوْقُوفُ قُدِّمَ الـمَرْفُوعُ މި ޤަވާޢިދުގެ ތަރުޖަމާ: {މަރުފޫޢުއާއި މައުޤޫފު ތަޢާރުޟުވެއްޖެނަމަ، މަރުފޫޢު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: މަރުފޫޢު ޚަބަރަކާއި މައުޤޫފު ޚަބަރެއް އެކަތި އަނެކައްޗާ ފުށުއަރައިފިނަމަ، އެ ތަނުން އިސްކުރެވޭނީ މަރުފޫޢު ޚަބަރެވެ. ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދެވޭ ގޮތްތައް އުޞޫލީ ޢިލްމުވެރިން ހަތަރު ބަޔަކަށް ބައްސަވަތެވެ. ފުރަތަމަ ބަޔަކީ، ސަނަދަށް ރުޖޫޢަވާ ކަންކަމެވެ. ދެވަނަ ބަޔަކީ، މަތުނަށް ރުޖޫޢަވާ ކަންކަމެވެ. ތިންވަނަ ބަޔަކީ، ޚަބަރުގެ […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12
12ވަނަ ޤަވާޢިދު (ޖުމްލަ 60): خَبَرُ الوَاحِدِ مُقَدَّمٌ عَلَى القِيَاسِ މި ޤަވާޢިދުގެ ތަރުޖަމާ: {ޤިޔާސްގެ މައްޗަށް އާޙާދު ޚަބަރު އިސްކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ޤިޔާސްގެ މައްޗަށް އަބަދުވެސް އާޙާދު ޚަބަރު އިސްކުރެވޭނެތެވެ. އެއީ، ދަލީލުތައް ތަރުތީބުކުރުމުގައި ކަމަށް ވިޔަސް، ނުވަތަ އެ ދޭއްޗަށް އެއްފަހަރާ ޢަމަލުކުރުން މުސްތަޙީލުވާފަދަ ގޮތަކަށް އެ ދޭތި ތަޢާރުޟުވެ އެ ތަނުން އެކަތި އިސްކުރަން މަޖުބޫރުވިޔަސް މެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ […]
ކިޔަވާ ދުވަސްވަރުގެ އެކުވެރިން
ޞާލިޙުމީހަކާއެކުގައި މެނުވީ ނޫޅޭށެވެ. ދުނިޔެވީ ކަންކަމުގައްޔާއި އުޚްރަވީކަންކަމުގައިވެސް ނުހަނު ވާގިވެރިބަޔަކުކަމުގައި އެބައިމީހުންވާނެއެވެ.