[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 16

16ވަނަ ޤަވާޢިދު (ޖުމްލަ 60): الـعِبْرَةُ بِرِوَايَةِ الرَّاوِي لَا بِرَأْيِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ބެލެވޭހުށީ ރާވީގެ ރިވާޔަތަށް، އޭނާގެ ރައުޔަކަށް ނޫން} މި ޤަވާޢިދުގެ މުރާދު: ރާވީއަކު ގެނެސްފައިވާ ރިވާޔަތުގައިވާ ގޮތާއި އޭނާ ޢަމަލުކޮށްފައިވާ ގޮތާ ފުށުއަރާނަމަ، ބެލެވޭނީ އޭނާގެ ރިވާޔަތަށެވެ. އޭނާގެ ރައުޔަކަށް ނުވަތަ އޭނާ ޢަމަލުކޮށްފައިވާ ގޮތަކަށް ނުވަތަ އޭނާ ފަތުވާދީފައިވާ ގޮތަކަށް ނޫނެވެ. ރާވީއަކު ޙަދީޘެއް ރިވާކޮށްފައިވާއިރު، އެ ޙަދީޘާ ޚިލާފަށް އޭނާ ޢަމަލުކޮށްފައިވާކަން ނުވަތަ ފަތުވާދީފައިވާކަން އެނގިއްޖެނަމަ، އޭނާ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 15

15ވަނަ ޤަވާޢިދު (ޖުމްލަ 60): الـحَدِيْثُ الـمُسْنَدُ أَوْلَى مِنَ الـمُرْسَلِ މި ޤަވާޢިދުގެ ތަރުޖަމާ: {މުރުސަލު ޙަދީޘަށްވުރެ މުސްނަދު ޙަދީޘް އައުލާކަންބޮޑު} މި ޤަވާޢިދުގެ މުރާދު: މުސްނަދު ޙަދީޘަކީ، އެ ޙަދީޘެއްގެ ސަނަދު ފެށުނީއްސުރެ ނިމެންދެން ގުޅިފައިވާ ޙަދީޘެވެ. ނުވަތަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ސަނަދު ގުޅިފައިވާ ޙަދީޘެވެ. މުރުސަލު ޙަދީޘަކީ، ސަނަދުގައި ހިމެނެންޖެހޭ ޞަޙާބީ ނުވަތަ ޞަޙާބީންތައް ބަޔާންނުކޮށް ދޫކޮށްލައިފައި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިޔޭ ބުނެފައިވާ ޙަދީޘްތަކެވެ. މި […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 14

14ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الَّذِي رُوَاتُهُ أَكْثَرُ رَاجِحٌ عَلَى الَّذِي لَا يَكُونُ كَذَلِكَ މި ޤަވާޢިދުގެ ތަރުޖަމާ: {ރާވީން ގިނަ ޚަބަރު، އެފަދައިން ނުވާ ޚަބަރުގެ މައްޗަށް ރާޖިޙުކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: މިއީ، ސަނަދަށް ބިނާކޮށް ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ދެ ޚަބަރެއް ބޭރުފުށުން ތަޢާރުޟުވިއިރު، އެ ދެ ޚަބަރު ޞައްޙަކަމުގައި ހަމަހަމަވެފައި، އަދި އެ ދެ ޚަބަރުގައި […]