ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 32
32ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الدَّالُّ عَلَى التَّحْرِيْمِ رَاجِحٌ عَلَى الـخَبَرِ الدَّالِّ عَلَى الإِبَاحَةِ މި ޤަވާޢިދުގެ ތަރުޖަމާ: {ޙަރާމްކަމަށް ދަލީލުކޮށްދޭ ޚަބަރު، ހުއްދަކަމަށް ދަލީލުކޮށްދޭ ޚަބަރުގެ މައްޗަށް ރާޖިޙުކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: މިއީ ޚަބަރުތައް ތަޢާރުޟުވުމުން ތަރުޖީޙުދޭއިރު، ލަފްޒުން ދަލީލުކޮށްދޭ ގޮތަށް ބިނާކޮށް ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން ގޮތެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް އެއް ދަރަޖައެއްގެ ދެ ޚަބަރުކަމަށްވެފައި، […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 31
31ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ إِذَا قُصِدَ بِهِ الـحُكْمُ كَانَ أَوْلَى مِمَّا لَمْ يُقْصَدْ بِهِ الـحُكْمُ މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުން ޙުކުމް ޤަޞްދުކުރެވިފައިވާނަމަ، ޙުކުމް ޤަޞްދުކުރެވިފައިނުވާ ޚަބަރަށްވުރެ އޭގެ އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، ހުރިހާ ގޮތަކުން ވެސް އެ ދެ ޚަބަރު ހަމަހަމަވެފައި، އެ ތަނުން އެއް ޚަބަރުގެ ސިޔާޤުގައިވަނީ އަދި އެ ޚަބަރުން ޤަޞްދުކުރެވިފައިވަނީ، އެ ދެ ޚަބަރާ ގުޅިގެން ޚިޔާލުތަފާތުވުން […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 30
30ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الذِّي مَعَهُ تَفْسِيْرُ الرَّاوِيِّ مُقَدَّمٌ عَلَى مَتْرُوكِ التَّفْسِيْرِ މި ޤަވާޢިދުގެ ތަރުޖަމާ: {ރާވީގެ ތަފްސީރާއެކު އޮންނަ ޚަބަރު، ތަފްސީރު ނެތް ޚަބަރުގެ މައްޗަށް އިސްކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާކުރި ރާވީ އެ ރާވީގެ ޢަމަލުން ނުވަތަ ބަހުން އެ ޚަބަރުގައިވާ ވާހަކަ އިތުރަށް ތަފްސީލުކޮށްދީފައިވާނަމަ (އެބަހީ، ތަފްސީރުކޮށްދީފައިވާނަމަ)، އަދި އަނެއް ޚަބަރުގައި އެފަދައިން ކަންތައްވެފައިނުވާނަމަ، ރާވީ […]