ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 37
37ވަނަ ޤަވާޢިދު (ޖުމްލަ 60): القِيَاسُ مُقَدَّمٌ عَلَى الـمَفْهُومِ މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ނައްޞުގެ އިދިކޮޅު މަފްހޫމް (މަފްހޫމުލްމުޚާލަފާ) އިން ޙުކުމަކަށް ދަލީލުކޮށްދީފިނަމަ، އަދި އެ ޙުކުމަކީ ޤިޔާސް ކުރުމުން ލިއްބައިދޭ ޙުކުމާ ފުށުއަރާ ޙުކުމަކަށްވާނަމަ، އެ މަފްހޫމުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި އައްޝާފިޢީ ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ ތެރެއިން ބައެއް ބޭފުޅުންގެ ނަޒަރުގައި، […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 36
36ވަނަ ޤަވާޢިދު (ޖުމްލަ 60): القِيَاسُ مُقَدَّمٌ عَلَى قَوْلِ الصَّحَابِيِّ عِنْدَ التَّعَارُضِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު، ޞަޙާބީގެ ބަސްފުޅުގެ މައްޗަށް ޤިޔާސް އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޤިޔާސްއަކާއި ޞަޙާބީ ބޭކަލެއްގެ ބަސްފުޅަކާ ތަޢާރުޟުވެއްޖެނަމަ، އެ ތަނުން ޤިޔާސް އިސްކުރެވޭނެއެވެ. އަދި މި ހާލަތުގައި އެ ޞަޙާބީގެ ބަސްފުޅުގެ ޙުއްޖަތުކަން ގެއްލިގެންދާނެއެވެ. ޝަރުޢީ ދަލީލަކާ ފުށުއަރާކަމަށްޓަކައެވެ. މިއީ، ޤިޔާސްއާއި ޞަޙާބީންގެ ބަސްފުޅުތައް އެއީ ޙުއްޖަތެއް ކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރެއިން، ޝާފިޢީންނާއި، ޙަންބަލީންކުރެ […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 35
35ވަނަ ޤަވާޢިދު (ޖުމްލަ 60): إِذَا اسْتَقْصَى الـمُجْتَهِدُ الأَمَارَاتِ وَكَانَتْ مُتَكَافِئَةٌ فَفَرْضُهُ التَّخْيِيْرُ މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާ ޢަލާމާތްތައް ހޯދިއިރު، އެ ޢަލާމާތްތަކުގެ މެދުގައި ހަމަހަމަވެގެންވާނަމަ، އޭނާއަށް އޮތީ އިޚްތިޔާރުކުރުން} މި ޤަވާޢިދުގެ މުރާދު: ޢަލާމާތްތައް އެއްވަރުވެ ހަމަހަމަވުމީ ގިނަ ޢިލްމުވެރިންގެ އަރިހުގައި ވުން އެކަށީގެންވާ ޖާއިޒުކަމެކެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި އެއީ މަނާކަމެކެވެ. ކޮންމެއަކަސް، ގިނަ ޢިލްމުވެރިންގެ ރައުޔަށް ބިނާކޮށް، މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުޖުތަހިދު ޢިލްމުވެރިޔާ […]