ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 20
22ވަނަ ޤަވާޢިދު (ޖުމްލަ 189): أَقَلُّ الـجَمْعِ الـمُطْلَقِ ثَلَاثَةٌ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ޖަމްޢުގެ އެންމެ މަދު މިންވަރަކީ ތިނެއް} މި ޤަވާޢިދުގެ މުރާދު: ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ މީސްތަކުންގެ ވާހަކަތަކުންނާއި މުޢާމަލާތްތަކުން ނައްޞެއް ވާރިދުވެފައިވާނަމަ، އަދި އެ ނައްޞުގައި ޖަމްޢުގެ ޞީޣާތަކުގެ ތެރެއިން ޞީޣާއެއް ވާނަމަ، ޙަޤީޤީގޮތުން އެ ޖަމްޢުގެ އެންމެ މަދު މިންވަރެއް ކަމުގައި ބެލެވޭހުށީ ތިނެކެވެ. ދޭއް އެއީ ޙަޤީޤީގޮތުން ޖަމްޢުކަމުގައެއް ނުބެލެވޭނެއެވެ. އެހެނެއްކަމަކު، މަޖާޒީގޮތުން އެއަށްވެސް ޖަމްޢުއޭ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 19
21ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُتَكَلِّمُ دَاخِلٌ في عُمُومِ كَلَامِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ވާހަކަދައްކާމީހާ އޭނާގެ ވާހަކައިގެ ޢާއްމުކަމުގެ ތެރެއަށް ވަދެގެންދޭ} މި ޤަވާޢިދުގެ މުރާދު: ވާހަކަދައްކާމީހާ އޭނާގެ އެންގުމުގައި ޢާއްމު ލަފްޒެއް ބޭނުންކޮށްފައިވާނަމަ، އަޞްލަކީ އެ ޢާއްމުކަމުގެ ތެރެއަށް އޭނާ ވެސް ވަނުމެވެ. އޭނާ އެއިން ބޭރުވެފައިވުން ލާޒިމުކުރާ ޤަރީނާއެއް ނެތްނަމައެވެ. މިއަށް ބިނާކޮށް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ޢާއްމު ލަފްޒަކުން އެންގެވުމެއް ވާރިދުވެފައިވާނަމަ، އަދި އޭގައި ވަނީ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 18
20ވަނަ ޤަވާޢިދު (ޖުމްލަ 189): عُمُومُ الأَفرَادِ يَسْتَلزِمُ عُمُومَ الأَحْوَالِ وَالأَمْكِنَةِ وَالأَزْمِنَةِ މި ޤަވާޢިދުގެ ތަރުޖަމާ: {އަފުރާދުންގެ ޢާއްމުކަމުން، ޙާލަތާއި ތަނާއި ޒަމާނުގެ ޢާއްމުކަން ލާޒިމުކުރޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުގެ ތެރެއަށް ވަނުން އެކަށީގެންވާ އަފުރާދުންނަށް ނުވަތަ ޝަޚްޞުންނަށް އެ ޢާއްމު ޢާއްމުވާނަމަ، އެއިން ލާޒިމުކުރަނީ، ޙާލަތްތަކާއި ޒަމާންތަކާއި ތަންތަނާއި ގުޅުންހުރި ކަންކަމަށް ވެސް އެ ޢާއްމު ޢާއްމުވުމެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އެގޮތުން މިސާލަކަށް، މީހަކު އޭނާގެ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 17
19ވަނަ ޤަވާޢިދު (ޖުމްލަ 189): تَرْكُ الاِسْتِفْصَالِ في حِكَايَةِ الـحَالِ مَعَ قِيَامِ الاِحْتِمَالِ يَنْزِلُ مَنْزلَةَ العُمُومِ في الـمَقَالِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޙްތިމާލު އޮތުމާ އެކުގައި ވެސް ހާލަތު ކިޔައިދިން ގޮތާ ގުޅޭގޮތުން ތަފްސީލުދިނުމަށް އެދުން ދޫކޮށްލުމުން، ބުނި ބަސް ޢާއްމުކަމުގެ ދަރަޖައަށް ވެއްޓިގެންދޭ} މި ޤަވާޢިދުގެ މުރާދު: އެތަކެއް ހާލަތްތަކެއް އޮތުން އެކަށީގެންވާ މައްސަލައަކާ ގުޅޭގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ސުއާލުކުރެވިއްޖެނަމަ، އަދި އެ މައްސަލައިގައި ނުވަތަ […]