[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 34

36ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يَـمْتَنِعُ وُرُوْدُ اللَّفْظِ العَامِّ مَعَ اسْتِئْخَارِ الـمُخَصِّص عَنْهُ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމު ލަފްޒަށްވުރެ ޚާއްޞަކުރާ އެތި ފަސްވުމީ، ޢާއްމު ލަފްޒު ވާރިދުވުން މަނާކުރާނޭ ކަމެއް ނޫން} މި ޤަވާޢިދުގެ މުރާދު: އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، ޢާއްމު ލަފްޒެއް އެ ލަފްޒު އައިސްފައިވާ ދަލީލާއި އެކުއެކީގައި ނޫން ގޮތަކަށް އައިސްފައިވާ ދަލީލަކުން ޚާއްޞަކުރުން ހުއްދައެވެ. އަދި ޢާއްމު ލަފްޒާއެކު މުޚައްޞިޞް (ޚާއްޞަކުރާ އެތި) ގުޅިގެން […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 33

35ވަނަ ޤަވާޢިދު (ޖުމްލަ 189): التَّخْصِيْصُ لَا يُقْبَلُ إِلَّا بِدَلِيْلٍ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ޚާއްޞަކުރުން ޤަބޫލެއް ނުކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރެވިފައިވާކަން ދަލީލުކޮށްދޭ ދަލީލެއް ނެތި، ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުގެ ތެރެއިން ޢާއްމުކަން ސާބިތުވެފައިވާ ނައްޞެއް ޚާއްޞަކުރެވިފައިވާކަމަށް ދަޢުވާކުރުން ހުއްދަވެގެން ނުވެއެވެ. މިއީ، ޢާއްމުކަން އޮންނަކަމަށް ވިދާޅުވާ ބޭފުޅުން (އެއީ އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން) އިއްތިފާޤުވާ މައްސަލައެކެވެ. ދެން ފަހެ، ތަޚްޞީޞް (ޚާއްޞަކުރުން) އަކީ، ލަފްޒުގެ ތެރެއަށް ވަންނަ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 32

34ވަނަ ޤަވާޢިދު (ޖުމްލަ 189): الـخَاصُّ لَا يَـحْـتَمِلُ البَيَانَ މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞައިން ބަޔާނުގެ އިޙްތިމާލެއް ނުއުފެދޭ} މި ޤަވާޢިދުގެ މުރާދު: ޚާއްޞަ ލަފްޒަށް، އެ ލަފްޒު އިތުރަށް ބަޔާންކޮށްދީ އޭގެ މުރާދު ސާފުކޮށްދިނުމަށް އިތުރު ދަލީލަކަށް ބޭނުންޖެހިގެނެއް ނުވެއެވެ. ސަބަބަކީ، ބަޔާނަކަށް ބޭނުންޖެހެނީ މުޖުމަލުކޮށް (ޖުމްލަކޮށް) އޮންނަހިނދުގައްޔާއި މާނަ ސާފު ނުވާހިނދުގައެވެ. އެހެންނަމަވެސް، ޚާއްޞައަކީ އޭގެ މާނައަށް ސާފުކޮށް ދަލީލުކޮށްދޭ، އޭގެ މުރާދު ޤަޠުޢީކޮށް އޮންނަ، ފޮރުވި ވަންހަނާވެފައިވާ ކަމެއް އޮތުމުގެ އިޙްތިމާލު […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 31

33ވަނަ ޤަވާޢިދު (ޖުމްލަ 189): الـخَاصُّ يَتَنَاوَلُ مَدْلُولَهُ قَطْعًا މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞައިން ދަލާލަތުކޮށްދޭ ކަންތަކަށް އެ އޮންނަނީ ޤަޠުޢީކޮށް} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ޚާއްޞަ ލަފްޒެއް ވާރިދުވެއްޖެނަމަ، އެ ލަފްޒުން މުރާދުވެވިގެންވާ މާނައަށް އެ ލަފްޒުން ދަލީލުކޮށްދެނީ ޤަޠުޢީކޮށެވެ. އެހެންކަމުން، ޚާއްޞަ ލަފްޒުން ލިއްބައިދޭ ޝަރުޢީ ޙުކުމް ސާބިތުވެފައިވަނީ ޤަޠުޢީކޮށެވެ. ޡައްނީކޮށެއް ނޫނެވެ. އަދި ހަމައެހެންމެ، ޚާއްޞަ ލަފްޒުން ދަލީލުކޮށްދޭ މާނަ ނޫން އެހެން މާނައެއް އެއަށް ލިބިގެންވާކަމަށް ނިންމޭނީ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 30

32ވަނަ ޤަވާޢިދު (ޖުމްލަ 189): الأَفْعَالُ لَا عُمُومَ لَـهَا މި ޤަވާޢިދުގެ ތަރުޖަމާ: {ޢަމަލުތަކަށް ޢާއްމުކަން ލިބިގެނެއް ނުވޭ} މި ޤަވާޢިދުގެ މުރާދު: ޢަމަލުތަކުގައި ޢާއްމުކަން އޮންނަކަމަށް ދަޢުވާކުރުން ޞައްޙައެއް ނޫނެވެ. އަދި އެ ދަޢުވާ ޤަބޫލުވެވިގެނެއް ނުވެއެވެ. އެހެންކަމުން، ޝަރުޢީ ނައްޞުތަކުގައި ޝަރުޢުކުރައްވާ ފަރާތުން ޝަރުޢީ ޙުކުމެއް ތަރުތީބުކުރައްވާފައިވާ ޢަމަލެއް ވާރިދުވެފައިވާނަމަ، އެ ޢަމަލު ވާރިދުވީ ހާލަތަށް އެ ޙުކުމް ހަނިކުރެވިގެންވެއެވެ. އެ ހާލަތުގެ އިތުރުން އެ ޢަމަލު ހިނގުމުގެ އިޙްތިމާލުއުފެދޭ އެހެން ހާލަތްތަކަށް […]