[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 52

54ވަނަ ޤަވާޢިދު (ޖުމްލަ 189): القِيَاسُ مُـخَصِّصٌ لِلْعُمُومِ މި ޤަވާޢިދުގެ ތަރުޖަމާ: {ޤިޔާސަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ޞައްޙަ އަދި މުޢުތަބަރު ޤިޔާސުން ޚާއްޞަ ކުރުން ހުއްދައެވެ. އެ ޤިޔާސަކީ، ޤަޠުޢީ ޤިޔާސަކަށް ވިޔަސް ނުވަތަ ޡައްނީ ޤިޔާސަކަށް ވިޔަސް މެއެވެ. މިއީ، ހަތަރު އިމާމުންގެ ރައުޔެވެ. އަދި ޒައިދީންނާއި، މުޢުތަޒިލާއިންކުރެ އަބޫ ހާޝިމާއި އަބުލްޙުސައިން އަލްބަޞަރީގެ ރައުޔު ވެސް މެއެވެ. މިއާ ޚިލާފަށް، އިބްނު ސުރައިޖުފަދަ އުޞޫލީ ޢިލްމުވެރިންކުރެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 51

53ވަނަ ޤަވާޢިދު (ޖުމްލަ 189): الإْجْمَاعُ مُـخَصِّصٌ لِلْعُمُومِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޖުމާޢުއަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒު އިޖުމާޢުއިން ޚާއްޞަ ކުރުން ހުއްދަވެގެން ވެއެވެ. އެ އިޖުމާޢުއަކީ، ޤަޠުޢީ އިޖުމާޢުއެއް ކަމުގައި ވިޔަސް ނުވަތަ ޡައްނީ އިޖުމާޢުއެއް ކަމުގައި ވިޔަސް މެއެވެ. ޤަޠުޢީ އިޖުމާޢުއަކީ، ހުރިހާ މުޖުތަހިދުން އިއްތިފާޤުވާ އިޖުމާޢުއެވެ. މި އިޖުމާޢުގައި އެއިން އެއްވެސް ބޭފުޅަކު ޚިލާފުވެފައެއް ނޯންނާނެއެވެ. އަދި އެ އިޖުމާޢުގެ ޚަބަރު ވެސް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 50

52ވަނަ ޤަވާޢިދު (ޖުމްލަ 189): السُّنَّةُ تُـخَصِّصُ الكِتَابَ މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ޤުރުއާން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ކީރިތި ޤުރުއާނުގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެ ލަފްޒުގެ ޢާއްމުކަން ޚާއްޞަކޮށް އޭގެ ބައެއް އަފުރާދުންނަށް އެ ޢާއްމުކަން ހަނިކުރާނޭ އެއްޗެއް ނަބަވީ ސުންނަތުގައި އައުން، އެއީ ބަސްފުޅެއް ކަމުގައި ވިޔަސް ނުވަތަ ޢަމަލުފުޅެއް ކަމުގައި ވިޔަސް ނުވަތަ އިޤުރާރެއް ކަމުގައި ވިޔަސް، ހުއްދަވެގެން ވެއެވެ. މިއީ، ޖުމްލަ ގޮތެއްގައި އުޞޫލީ ޢިލްމުވެރިންގެ […]