ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 69
72ވަނަ ޤަވާޢިދު (ޖުމްލަ 189): تَكْرَارُ الأَمْرِ بِالشَّيءِ يَقْتَضِي تَكْرَارَ الـمَأْمُورِ بِهِ މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗަކަށް ތަކުރާރުކޮށް އަމުރުވެވުމުން، އަމުރުވެވުނު ކަންތައް ތަކުރާރުކޮށް ކުރުން ލާޒިމު ކުރޭ} މި ޤަވާޢިދުގެ މުރާދު: އެއް ފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށް ވަކި ކަމެއް ކުރުމަށް އަމުރުވެވިއްޖެނަމަ، އެ އަމުރުވެވުނު ކަންތައް ތަކުރާރުކޮށް ކުރުމަށް މުކައްލަފަށް އެ ވަނީ އަމުރުވެވިގެންނެވެ. އެއިން ކޮންމެ އަމުރަކީ ވެސް އެ ކަން ކުރަން އޮތް ވަކި ޚާއްޞަ އަމުރެއް […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 68
71ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ الـمُطْلَقُ لَا يَقْتَضِي الفَورَ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އަމުރުން ވަގުތުން އެ ކަން ކުރުން ލާޒިމެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: މުޠުލަޤު އަމުރާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ވަގުތުން އެއަށް ޢަމަލުކުރުމީ ވާޖިބުކަމެއް ނޫނެވެ. އެއަށް ވަގުތުން ޢަމަލުކުރަން ފެށުން ވާޖިބުކުރާނޭ ދަލީލެއް ނެތްނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުން ލަސްކޮށްލެވިދާނެއެވެ. އެހެނީ، އަމުރުގެ ޞީޣާގެ މުޠުލަޤުން ވަގުތުން އެ ކަން ކުރަން ފަށައިގަތުމުގެ މާނަ ލިއްބައި ނުދޭ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 67
70ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ الـمُطْلَقُ لَا يَدُلُّ عَلَى تَكْرَارٍ وَلَا عَلَى مَرَّةٍ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އަމުރުން ތަކުރާރުކޮށް ކުރުމަކަށް އަދި އެއް ފަހަރު ކުރުމަކަށް ދަލީލެއް ނުކޮށްދޭ} މި ޤަވާޢިދުގެ މުރާދު: އަމުރުގެ ދެ ވައްތަރެއް ވެއެވެ. އެއީ، މުޠުލަޤު އަމުރާއި މުޤައްޔަދު އަމުރެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މުޠުލަޤު އަމުރު (އެބަހީ، އެއް ފަހަރު ކުރުމަށް ނުވަތަ ތަކުރާރުކޮށް ކުރުމަށް ނުވަތަ ޝަރުޠަކާ އެކު […]