ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 130
137ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ الاِلْتِزَامِ حُجَّةٌ މި ޤަވާޢިދުގެ ތަރުޖަމާ: {دَلَالَـةُ الاِلْـتِـزَام އަކީ ޙުއްޖަތެއް} މި ޤަވާޢިދުގެ މުރާދު: دَلَالَـةُ الاِلْـتِـزَام އަކީ، ޝަރުޢީ ޙުކުމް ލިބިގަތުމަށް އޮތް މަގެއްގެ ގޮތުގައި ކަނޑައެޅިއްޖެހިނދެއްގައި، ޙުކުމްތައް ލިބިގަނެވޭނޭ، އަދި ޙުކުމްތައް އޭގެ މައްޗަށް ބިނާކުރެވޭނޭ މަގެކެވެ. ދެން ފަހެ، دَلَالَـةُ الاِلْـتِـزَام (އިލްތިޒާމުގެ ދަލާލަތު) އަކީ، ލަފްޒު އެ މާނައެއްގައި އުފަންކުރެވިފައިވާ، އަދި އެ މާނައެއް އެ ލަފްޒުން ސިކުނޑިއަށް އަންނަ މާނަ ނޫން، […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 129
135ވަނަ ޤަވާޢިދު (ޖުމްލަ 189): الـحُكْمُ بِالـمُسْتَنْبَطِ مِنَ الـمُنَزَّلِ حُكْمٌ بِالـمُنَزَّلِ މި ޤަވާޢިދުގެ ތަރުޖަމާ: {ބާވައިލެއްވުނު އެތިން އިސްތިންބާޠު ކުރެވިފައިވާ އެތިން ނެގިފައިވާ ޙުކުމަކީ، ބާވައިލެއްވުނު އެތިން ނެގިފައިވާ ޙުކުމެއް} މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ނައްޞަކުން އިސްތިންބާޠު ކުރެވިފައިވާ މާނަތަކުން ނެގިފައިވާ ޙުކުމަކީ، ޤުރުއާނާއި ސުންނަތުން ނެގިފައިވާ ޙުކުމެއްގެ ގޮތުގައި ބެލެވޭނެތެވެ. ދެން ފަހެ، [އިސްތިންބާޠު ކުރެވިފައިވާ މާނަތަކޭ] ބުނެ އިޝާރާތްކުރެވިފައި އެ ވަނީ، ޝަރުޢީ ދަލީލުތަކުގެ ތެރެއިން އެ ދަލީލުތަކެއްގެ […]
ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -3-
ﷲ ތަޢާލާގެ ފޮތުގައި ޛިކުރުކުރައްވާފައިވާ ޙިސާބަކީ އަހަރުތައް ފާއިތުވެގެން ދިޔުމުގައި ބަދަލުވުމެއް ނެތް ކަނޑައެޅި ބަޔާންވެގެންވާ ޙިސާބެވެ. އެއީ ހަނދުގެ ޙިސާބެވެ. ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅާމެދު ދަންނައެވެ. ﴿وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا﴾ [سورة الكهف ٢٥] މާނައީ: “އެއުރެންގެ ހޮހޮޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިއްބެވެ.” ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާނީ 300 އަހަރަކީ އިރަށް ނިސްބަތްވާ އަހަރު (solar years) ކަމަށެވެ. […]