ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 10

ފަހެ މިޙަދީޘާއި މިކަމުގައި ރިވާވެފައިވާ އެކިއެކި ޙަދީޘަކަށް ބަލާލުމުން އެނގެގިގެން ދަނީ، ނަބިއްޔާ صلى الله عليه وسـلم ގެ އަމުރުފުޅަށް އެހިނދު ޞަޙާބީންނަށް ވަގުތުން ވަގުތަށް ޙަރަކާތް ނުކުރެއްވުނީ އެއްވެސް ޙާލެއްގައި އެއަމުރުފުޅާ ދެކޮޅުވާންވެގެން ނޫންކަމެވެ. އަދި ކިއެއް، އެހެން އެކަން ދިމާވީ، ނަބިއްޔާ صلى الله عليه وسـلم އަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގައި ވީފަދައިން އެބޭކަލުން މަދީނާއިން އެއޮތް ދިގު ދަތުރު ކުރައްވައިގެން ވަޑައިގެން މައްކާގައި ޢުމުރާ ކުރަށްވައި އެތަނުގައި އެހަދްޔު ކަތިލައި […]
ކުޑަކުދިންގެ ވާހަކަ: ފައިސާ ދަބަސް

މިއަޑު އިވުމުން ހާއިސް ވަރަށް އުފާވިއެވެ. ހާއިސް ބޭނުންވާ އިނާމަކީ އެއީ އެވެ. ހާއިސްގެ ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ. އަދި ދަބަސް ޙަވާލުކުރެވުނީތީ ވަކިން ބޮޑަށް ހިތްހަމަ ޖެހުނެވެ.
އިސްލާމީ އިޤްތިޞާދު 101 (10)

އަސާސް 7: ރިބާ ޙަރާމްކުރެއްވިގެންވުން ރިބާގެ ދެ ވައްތަރެއްވެއެވެ. އެއީ: ދަރަނީގެ ރިބާ ވިޔަފާރީގެ ރިބާ * ރިބާ އައްނަސީއާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ރިބާ އައްދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ. ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާއަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުން ނުވަތަ ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ […]