[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (10)

އަސާސް 7: ރިބާ ޙަރާމްކުރެއްވިގެންވުން

ރިބާގެ ދެ ވައްތަރެއްވެއެވެ. އެއީ:

  1. ދަރަނީގެ ރިބާ
  2. ވިޔަފާރީގެ ރިބާ

* ރިބާ އައްނަސީއާ، ނުވަތަ ޖާހިލިއްޔަ ރިބާ، ނުވަތަ ރިބާ އައްދުޔޫން: މި ބާވަތުގެ ރިބާ ބަޔާންކުރައްވާފައިވަނީ ކީރިތި ޤުރުއާނުގައެވެ.

ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސްކުރުމެވެ. ރިބާ އައްނަސީއާއަކީ ދަރަނި އަދާކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުން ނުވަތަ ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާކުރާއިރު ރައުސްމާލަށްވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ ތަކެތީގެ ތެރެއިން އެއްބާވަތެއްގެ ދޭތި ބަދަލުކުރުމުގައި އަތުލުން ފަސްކުރުމަކީވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަކަމެކެވެ.

މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ (ބޭންކު ފައިދާ)އަކީ  އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލުވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.

* ރިބާ އަލްފަޟްލު: މިއަށް ވިޔަފާރީގެ ރިބާއޭވެސް ކިޔައެވެ. .

ރިބާ ހިނގާ ޝަރުތު ހަމަވެއްޖެނަމަ، ހަ ބާވަތެއްގައި ރިބާ ހިނގާކަމަށް ހުރިހާ ފިޤުހުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އެ ހަ ބާވަތަކީ: ރަން، ރިހި، ގޮދަން، ހިމަގޮދަން، ކަދުރު އަދި ލޮނެވެ.

ޢުބާދަތު ބިން އައްޞާމިތު ރިވާކުރެއްވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ ، فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إذَا كَانَ يَدًا بِيَدٍ)) [رواه مسلم]

 މާނައީ: “ރަނަށް ރަން، ރިއްސަށް ރިހި، ގޮދަނަށް ގޮދަން، ހިމަގޮދަނަށް ހިމަގޮދަން، ކަދުރަށް ކަދުރު އަދި ލޮނަށް ލޮނު ވިއްކާއިރު ވިއްކަންވާނީ ހަމަހަމައަށް އަތުން އަތަށެވެ. ފަހެ، މިބާވަތްތައް ތަފާތުކޮށް އަތުން އަތަށް ވިއްކާނަމަ، ތިޔަބައިމީހުން ބޭނުންގޮތަކަށް ވިއްކާށެވެ.”

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް