ކީރިތި ޤުރުއާނުގެ ބަގީޗާ: سورة البروج

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع އިސްލާމްދީނުގެ ޢަޤީދާގައި ސާބިތުވުން. ސޫރަތުގައިވާ މުހިއްމު ނުކުތާތައް 1 ވަނަ އާޔަތުން ފެށިގެން ގޮސް 9 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ ވަޅުގަނޑުގެ އެކުވެރިންގެ ވާހަކައެވެ. މީސްތަކުން ދީނުން އެއްކިބާކުރުމަށް އަނިޔާދީ، އުނދަގޫކުރުމުގެ ނުބައިކަން މިސޫރަތުގެ 10 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ. އެންމެ ބޮޑުވެގެންވާ ނަސީބުލިބޭނީ އީމާންވެ ޞާލިޙް ހެޔޮ ޢަމަލުކުރުމުން ކަމުގައި މިސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ. މާތް ﷲގެ އާޔަތްތައް ދޮގުކޮށްއުޅޭ މީހުންގެ އާޖުފާޖު ހުންނަގޮތުގެ މިސާލެއް […]
މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުން 2

މީސްތަކުންނަށް ހެޔޮކޮތް ހިތުމަކީ އަޅާގެ ނިމުން ރަނގަޅުވެގެންދާ ކަމެކެވެ. އަދި ނުބައި ނިމުމުން ދުރުހެލިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السَّوْءِ، وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمُرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا أَهْلُ الْمَعْرُوفِ فِي الْآخِرَةِ» [رواه الطبراني في الأوسط وحسنه الألباني في صحيح الترغيب والترهيب] މާނައީ: “ހެޔޮކަންތައްތައް ކޮށްދިނުމަކީ ނުބައި […]
ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الإنشقاق

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع މި ސޫރަތުގައި މައިގަނޑުގޮތެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން ޢަމަލުތަކުގައި އިޚްލާޞްތެރިވީ މީހުންނަށާއި އިޚްލާޞްތެރިކަމެއް ނެތި ހެޔޮޢަމަލުތައް ކުޅަމީހުންނަށް އެމީހުންގެ ޢަމަލުތަކުގެ ނަތީޖާ އެނގިގެންދާނެކަމެވެ. އަދި ފާފަތަކަށް އަރައިގަތް މީހުންނަށް ޢަޛާބު ދެއްވާނެކަމެވެ. ސޫރަތުގައިވާ މުހިއްމު ނުކުތާތައް ހެޔޮ ޢަމަލުތައް ކުރުމުގެ މުހިއްމުކަމާއި ޢަމަލުތަކުގައި އިޚްލާޞްތެރިވުމުގެ މުހިއްމުކަން ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތް) ތަޤްވާވެރިވީމީހުންނަށް ހުރި ހެޔޮ ޖަޒާއާއި ކާފަރުންނަށްހުރި ޢަޛާބުގެ ވާހަކަ ބަޔާންވެފައިވެއެވެ. (7 ވަނަ އާޔަތުން 13 ވަނަ އާޔަތަށް) ކަންކަން […]