[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة البروج

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

އިސްލާމްދީނުގެ ޢަޤީދާގައި ސާބިތުވުން.

ސޫރަތުގައިވާ މުހިއްމު ނުކުތާތައް

  1. 1 ވަނަ އާޔަތުން ފެށިގެން ގޮސް 9 ވަނަ އާޔަތާއި ހަމައަށް އައިސްފައިވަނީ ވަޅުގަނޑުގެ އެކުވެރިންގެ ވާހަކައެވެ.
  2. މީސްތަކުން ދީނުން އެއްކިބާކުރުމަށް އަނިޔާދީ، އުނދަގޫކުރުމުގެ ނުބައިކަން މިސޫރަތުގެ 10 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވެއެވެ.
  3. އެންމެ ބޮޑުވެގެންވާ ނަސީބުލިބޭނީ އީމާންވެ ޞާލިޙް ހެޔޮ ޢަމަލުކުރުމުން ކަމުގައި މިސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވެއެވެ.
  4. މާތް ﷲގެ އާޔަތްތައް ދޮގުކޮށްއުޅޭ މީހުންގެ އާޖުފާޖު ހުންނަގޮތުގެ މިސާލެއް މި ސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ.(12 ވަނަ އާޔަތުން ފެށިގެން ގޮސް 20 ވަނަ އާޔަތާއި ހަމައަށް)
  5. ކީރިތި ޤުރުއާނުގެ މަތިވެރިކަމާއި އެ ފޮތް މާތްﷲ ރައްކާތެރިކުރައްވާނެކަން ބަޔާންކުރައްވައިފައިވެއެވެ. (21 އަދި 22 ވަނަ އާޔަތުގައި)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

* ހަސަދަވެރިކަމަކީ ހިތުގެ އެންމެ ނުބައި ބަލިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

* މި ސޫރަތުގެ 12 ވަނަ އާޔަތުގައިވަނީ ބިރުވެތިކަމުގެ ޖައްވެކެވެ. އެއަށް ފަހު 14 ވަނަ އާޔަތުގައި ވަނީ އުއްމީދު އާކޮށްދޭ ފަދަ ޖައްވެކެވެ. މި ދެ އާޔަތުގެ މެދުގައިވަނީ އަލުން ދިރުއްވުމުގެ ވާހަކަ އެވެ. މިކަމުން ދޭހަކޮށްދެނީ މުސްލިމުން އާޚިރަތާއިމެދު ބިރުވެތިވުމާއިއެކު އާޚިރަތުގައި ހެޔޮ ޘަވާބާއި ދަރުމަ ލިބިގެންދާނެކަމަށް އުއްމީދު ކުރަންޖެހޭކަމެވެ.

* ފާފަވެރިން އެތަކެއް ބޮޑެތި ފާފައަކަށް އަރައިގަންނަމުންދާއިރުވެސް މާތް ﷲ، އެބައިމީހުންނަށްޓަކައި ތައުބާގެ ދޮރު  ހުޅުއްވާލައްވާފައިވާކަން މި ސޫރަތުގެ 10 ވަނަ އާޔަތުން އެނގިގެންދެއެވެ.

* ﴿قُتِلَ أَصْحَابُ الْأُخْدُودِ﴾

މާނައީ: “ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ.”

﴿قُتِلَ﴾ ގެ މުރާދަކީ އެބައިމީހުންގެ މައްޗަށް ލަޢުނަތް ލެއްވުމާއި ޤަތުލުވުމާއި ޢަޛާބުދެއްވުން އެދި ދުޢާކުރުމެވެ.

* ﴿وَشَاهِدٍ وَمَشْهُودٍ﴾

މާނައީ: “އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.”

މިއާޔަތާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް، އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވައިފައިވެއެވެ. الشاهد އަކީ (ހެކިދޭ ފަރާތަކީ) ހުކުރު ދުވަހެވެ. އަދި المشهود އަކީ (ހެކިދެވޭ ފަރާތަކީ) ޢަރަފާތު ދުވަހެވެ. އަދި الموعود އަކީ (ވަޢުދުކުރެވިގެންވާ ދުވަހަކީ) ޤިޔާމަތް ދުވަހެވެ. [رواه أحمد]


މަޞްދަރު: أول مرة أتدبر القرآنކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް